ކޮވިޑް19 އަސްލަކީ ކޮބާކަން ދެނެގަތުމަށް 11،000 ޖަނަވާރެއްގެ ލޭ ޓެސްޓު ކޮށްފައިވާކަމަށް، ދުނިޔޭގެ ރިޕޯޓުތައް ބުނެފިއެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާ ކަމަށް ވާއިރު، ވައިރަހާއި ގުޅުވައިގެން ޗައިނާއަށް ވަނީ ބޮޑަތި ތުހުމަތު ތަކެއް ކުރެވިފައެވެ. އެގައުމުގައި ދިރޭ ޖަނަވާރު ކާތީ އޭގެ ސަބަބުން އުފެދުނު ވައިރަހެއް ކަމަށް ބުނެ، "ވެޓް" މާކެޓްތަކުގައި ދިރޭ ޖަނަވާރު ވިއްކުން މަނާ ކޮށްފައިވެއެވެ. ހަމަ އެފަދައިން ދެން ތުހުމަތު ކޮށްފައިވަނީ ވޫހާންގެ ލެބޯޓަރީ އަަކުން "އުފެއްދި" ވައިރަހެއް ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، 31 ސަރަހައްދަކުން 35 ވައްތަރެއްގެެ 1،914 ޖަނަވާރު ޓެސްޓު ކޮށްފައިވެއެވެ. ސާސް-ކޮވް-2 އާއި ގުޅޭ މައުލޫމާތު ހޯދުމަށް ދިރާސާކުރި ޗައިނާގެ ސައިންސްވެރިން ވަނީ 300 ވައްތަރެއްގެ ޖަނަވާރުގެ 12،000 ޖަނަވާރުގެ ސްވެބް އާއި 50،000 ސާމްޕަލް ނަގައިގެން ތަހުލީލްތަކެއް ކޮށްފައެވެ.
މި ހުރިހާ ޖަނަވާރުތައް ވެސް ވަނީ ކޮވިޑަށް ނައްސި ވެފައެވެ.
ޓެސްޓުތައް ކުރުމުގައި ބަލާފައިވަނީ 2017 ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޗައިނާގެ "ވެޓް" މާކެޓުތަކުގައި ވިއްކަން ހުރި ޖަނަވާރުތަކުގެ ބާވަތްތަކަށެވެ.
ޑަބްލިއުއެޗްއޯއިން ކުރި ދިރާސާގައި ވޫހާންގެ މާކެޓުތަކުގައި 2019 ވަނަ އަހަރު ވިއްކާފައިވާ ހުރިހާ ވައްތަރެއްގެ ޖަނަވާރު ބަލައި، ތަހުލީލް ކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެން ގައުމެއްގައި ފެތުރެމުންދިޔަ ވައިރަހެއް އެންމެ ފުތަރަމަ ޗައިނާއިން ދެނެގަނެވުނީ ކަމަށް ވެދާނެތީ އެހެން ގައުމުތަކުން ބައެއް ކަހަލަ މައުލޫމާތު ހިއްސާ ކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ އެދިފައިވެއެވެ.
