ފިރިހެން ބޭފުޅުންގެ ތުނބުޅި ބޭލުމަށް ބޭނުންކުރާ އެކި ބްރޭންޑްތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ އަރކޯ ބްރޭންޑްގެ ތުނބުޅި ބާލާ ތިލަ، ފޯމް އަދި ކޮލޯން ގަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެ މަގު މިހާރު ވަނީ ފަހި ވެފައެވެ. މީގެ އިތުރުންވެސް ޕޮއިންޓް ކަލެކްޝަންއިން ވިއްކާ ގިނަ މުދާ ޕޮއިންޓް ކަލެކްޝަންގެ ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ޕޮއިންޓް ކަލެކްޝަންގެ ވެބްސައިޓް މެދުވެރިކޮށް ގޭގައި ހުރެގެން އެކަން ކުރެވޭނެއެވެ. ވެބްސައިޓްގައިވާ ކޮންމެ އައިޓަމެއް ވެސް ގަނެލުމުން ޑެލިވަރ ކޮށްދޭނެއެވެ. 6 އައިޓަމަށް ވުރެ ގިނައިން ގަންނަ ފަރާތްތަކަށް ހޯލްސޭލް އަގުގައި މުދާ ލިބޭނެއެވެ. އެއްވައްތަރަކުން 12 އައިޓަމް ނަގާނަމަ ހިލޭ ޓެސްޓަރ އެއްވެސް ލިބޭނެއެވެ.

ޕޮއިންޓް ކަލެކްޝަންގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން sales@pointcollection.com.mv  އަށް މައިލް ކޮށްލުމުން ނުވަތަ 7442324 އާއި ގުޅުއްވައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޝޯރޫމުން މައުލޫމާތުދެއެވެ. ޕޮއިންޓް ކަލެކްޝަންގެ ޝޯރޫމް ހުންނާނީ ހ. ޕޮއިންޓް ހަވާ އެއްވަނަ ފަންގިފިލާގައެވެ.