މީހެއްގެ މީސްމީޑިއާ އެކައުންޓުތައް ހެކުކޮށް، އެ މީހާގެ އެކައުންޓުތަކުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައަކާ ގުޅިގެން އިތުރު ތިން މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު އަލަށް ހައްޔަރުކޮށްފައިވަނީ:
މުނާޒު ޖައުފަރު (24އ)، ސ. ހުޅުދޫ / ނާދީ
މުޙައްމަދު ނާއިޝް ނަބީލް (24އ)، ގދ. ގައްދޫ / އަތިރީއައްސޭރި
ޙަސަން ވިއާމް (19އ)، ސ. ހިތަދޫ / ހާލަމް
ފުލުހުން ބުނި ގޮތުގައި މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުނާޒަށް 15 ދުވަސް، ނާއިޝްއަށް ހަތް ދުވަސް އަދި ވިއާމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ، ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
މުހައްމަދު ހަސަން (59އ)، ލ. އިސްދޫ / ގުޑްލައިފް
އަލީ އިރުފާނު އަޙްމަދުދީދީ (26އ)، ސ. ހިތަދޫ / އުދަ
އަލީ ޝިރާޒު (38އ)، ސ. ހިތަދޫ / ނަންރީތިގެ
އަބްދުﷲ ނާފިޒް (39އ)، ހދ. ވައިކަރަދޫ / ޕެރިމްރޯޒް
މުހައްމަދު އަލީ (42އ)، ގއ. ކަނޑުހުޅުދޫ / ފޫހިވާގެ
މުހައްމަދު ނުހާދު އަލީ (30އ)، މ. މާލޭގެއާގެ
މުހައްމަދު ސިމާދު (38އ)، ހއ. ކެލާ / ޕެނަމާ
އަލީ އިމްރާން (38އ)، ގދ. ފިޔޯރީ / ހީނާމާގެ
އަބްދުﷲ އިސްރާގު (19އ)، ގދ. ތިނަދޫ / ގުލްބަކާގެ
މުހައްމަދު އިބްރާހީމް (49އ)، ކ. ހިންމަފުށި / މެޑޯޒް
މި ސްކޭމްގެ މައްސަލަ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
