މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ގެ ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް އެވެ.
އެމްޕީއެލް އިން ހާމަކުރާ ގޮތުގައި، ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއެކު މި ޕާޓްނަޝިޕް ގާއިމުކުރެވުމަކީ މި ކޮންފަރެންސްގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.
