އިންޑިއާގެ މަޝްހޫރު އެތުލީޓެއް ކަމަށްވާ މިލްޚާ ސިންގް މަރުވެއްޖެއެވެ.

ދުވުމުގެ ދާއިރާއިން އިންޑިއާއަަށް ރަންވަނަތަކެއް ހޯދައިދީފައިވާ މިލްޚާ ސިންގް މަރުވެފައިވަނީ އޭނާގެ އުމުރުން 91 އަހަރުގައެވެ.

މިލްޚާ ސިންގް މަރުވި ހަބަރާއެކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިލްޚާ ސިންގް އަކީ އިންޑިއާގެ އެތައް ރައްޔިތެއްގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ފަރާތެއް ކަމަށާއި އޭނާގެ ވަކިވެ ދިއުމަކީ މުޅި އިންޑިޔާ އެކަމާއި ހިތާމަކުރާ ކަމެއްކަމަށެވެ.

ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެގެންދިޔައިރު އޭނާއަށްވެސް ވަނީ ކޮވިޑު ޖެހިފައެވެ. ނަމަވެސް އޭނާ މަރުވެފައިމިވަނީ ބަލިން ރަނގަޅުވެ ގެއަށް ބަދަލުކުރި ފަހުންނެވެ.

މިލްޚާ ސިންގްގެ ހަޔާތުގެ މައްޗަށް ފިލްމެއްވެސް ކުޅެފައިވެއެވެ. ފަރްޚާން އަޚްތަރު އެކްޓްކޮށްފައިވާ މި ފިލްމުގެ ނަމަކީ ބާގް މިލްޚާ ބާގް އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ. މިއީ ބޮލީވުޑްގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފިލްމެކެވެ.