19 ސީޒަނަށްފަހު އެލެން ޑިޖެނެރެސްގެ ޓީވީ ޝޯ ނިމުމަކަށް ގެންނަށް އޭނާ ނިންމާފައިވާކަން ހާމަކޮށްފިއެވެ.
1990ގެ އަހަރުތަކުގައި މީހުން ހެއްވުމުގެ ދާއިރާއިން ކުރިއަރައިގެންއައި އެލެން އޭނާގެ ޝޯ ނިންމާލަން ނިންމާފައިވަނީ 2022 ވަނަ އަހަރު އެ ޝޯގެ 19 ވަނަ ސީޒަނަށް ފަހުގައެވެ.
"2019 ވަނަ އަހަރު އިތުރު ތިން އަހަރަށް މި ޝޯ ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ސޮއި ކުރި އިރުވެސް އަހަރެންގެ ހިތް ބުނަމުން އައީ މި ޝޯގެ 19 ވަނަ ސީޒަން ވާނީ އެންމެ ފަހު ސީޒަނަށްކަމަށް، އަދި އަހަރެންނަކީ ހިތް ބުނާ ބުނުމަށް އިތުބާރު ކުރާ މީހެއްކަމުން 19 ސީޒަނަށް ފަހު ޝޯނިންމާލުމަކީ އެންމެ ރަނގަޅު ވަގުތުކަމަށް އަހަރެންނަށް ގަބޫލު ކުރެވެނީ،"
އެލެން ވަނީ އެލެންގެ ޝޯ ނިންމާލަން ނިންމުމާ މިދިޔަ އަހަރުގައި އެލެންއާއި ބެހޭގޮތުން އޭނާގެ ބައެއް މުވައްޒަފުން ދައްކާފައިވާ ވާހަކަތަކާ އެއްވެސް ގުޅުމެއް ނެއްކަމަށް ބުނެފައެވެ. އޭނާ ބުނީ އެ ވާހަކަ ތަކުގެ ސަބަބުން އޭނާ ފަހަތަށްޖެހި ޝޯ ނިންމާލަން ނިންމާނަމަ އިތުރަށް އެންމެ ޝޯއެއްވެސް ކުރިއަށް ނުގެންދާނެކަމަށެވެ. އަދި އެ ވާހަކަ ތަކަކީ އޭނާ ސާބިތުވެ ހުރި ހުރިހާ ކަމަކާއި، އޭނާގެ ޝޯ އެކަމެއްގެ މައްޗަށް ބިނާކޮށް ފެށި ހުރިހާ ކަމަކާވެސް ދެކޮޅު ވާހަކަތަކެއްކަމަށްވެސް އޭނާ ބުންޏެވެ.
2003 ގައި ފެށި އެލެން ޑިޖެނެރެސް ޝޯގެ 3000 ވުރެ ގިނަ އެޕިސޯޑު މިހާތަނަށް ގެނެސްދީފައިވާ އިރު 60 ވުރެ ގިނަ ގްރެމީ އެވޯޑުވަނީ ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން 2020 ވަނަ އަހަރުގެ އެންމެ މޮޅު ޓޯކް ޝޯގެ އެވޯޑުވެސް އެލެން ޑެޖެނެރެސް ވަނީ ކާމިޔާބޮ ކޮށްފައެވެ.
