ދުނިޔޭގެ އެންމެ މަގުބޫލު އެއް އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ކަމަށްވާ "ޓެމޫ" އިން ވިޔަފާރިކުރާ ފަރާތްތަކަށް އުރީދޫ މޯލްޑިވްސް އިން ވަރަށް އުފާވެރި ޚަބަރެއް ދީފިއެވެ. އެއީ އެ ކުންފުނިން ޓެމޫއާ އެކު ހެދި ޕާޓްނަޝިޕެއްގެ ދަށުން، ކަސްޓަމަރުންނަށް 100 ޑޮލަރުގެ ޑިސްކައުންޓް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

އޮފާގެ ތަފްސީލް: މި ހާއްސަ އޮފާގެ ދަށުން، އުރީދޫ އެޕް މެދުވެރިކޮށް އެންމެ 100 ރުފިޔާ ހޭދަކޮށްގެން، ޓެމޫއިން ވިޔަފާރިކުރުމަށް ބޭނުންކުރެވޭ 100 ޑޮލަރުގެ (ގާތްގަނޑަކަށް 1542 ރުފިޔާ) ޑިސްކައުންޓް ވައުޗަރު ބަންޑަލްއެއް ލިބިގެންދާނެއެވެ.

ގޭތެރޭ ސާމާނާއި ހަދިޔާ ގަތުމަށް ލުޔެއް މި ވައުޗަރު ބޭނުންކޮށްގެން ޓެމޫ މެދުވެރިކޮށް އާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ގޭތެރެ ޒީނަތްތެރިކުރާ ތަކެތީގެ އިތުރުން ރައްޓެހިންނާއި އާއިލާއަށް ދޭނެ ހަދިޔާ ފަދަ ތަކެތި ހެޔޮ އަގުގައި ގަނެވޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، ދިވެހިންގެ މެދުގައި އޮންލައިން ވިޔަފާރި މަގުބޫލުވަމުން އަންނައިރު، މިފަދަ ޕާޓްނަޝިޕްތަކުގެ ބޭނުމަކީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުން ކަމަށެވެ.

"ޓެމޫއާ އެކު މި ޕާޓްނަޝިޕް ވެގެންދާނީ ކަސްޓަމަރުންނަށް ފައިދާހުރި އިނާޔަތްތަކެއް ހޯދައިދީ، އާންމު ދިރިއުޅުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅަކަށް،" ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން މައުލޫމާތު ދޭ ގޮތުގައި މި ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ މިކަމަށް އެދޭ 50،000 ކަސްޓަމަރުންނަށެވެ. ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް މި ކޫޕަން ބަންޑަލް ފަސޭހަކަމާއެކު ރިޑީމް ކުރެވޭނެއެވެ.