މިއަދުން ފެށިގެން އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑީވްސް (އެފްއެސްއެމް) އިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ވިއްކާ ތެލުގެ އަގަށްބަދަލު ގެންނަންޖެހުނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ.

އެހެން ކަމުން އެސްޓީއޯއިން ވިއްކާ ޑީސަލް ލީޓަރެއްގެ އަގަކީ މިއަދުން ފެށިގެން 10.72 ރުފިޔާއެވެ. އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ މިއަދުން ފެށިގެން 9.74 ރުފިޔާއެވެ. މީގެ ކުރިން ޑީސަލް ލީޓަރެއްގެ އަގަކީ 9.97 އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.85 ރުފިޔާއެވެ. 

ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއެކު އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.