ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހިރާއްޖެއަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފިއެވެ.

މި އުޅަނދު ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ޖަޕާނުގެ "ގްރާންޓް އެއިޑް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް" ޕްރޮގްރާމްގެ ދަށުންނެވެ.

މި ސީ އެމްބިއުލާންސް ހަވާލުކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން އެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގަމީ ރުމިކޯ އެވެ. 


މި އެހީއާ ގުޅިގެން ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި، މިއީ ރާއްޖޭގެ ސީ އެމްބިއުލާންސް ފްލީޓަށް ލިބުނު ވަރަށް މުހިންމު އިތުރުވުމެކެވެ. އަދި މީގެ ސަބަބުން އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި، ބަލި މީހުން އުފުލުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމާއި ކުރިއެރުން ލިބިގެންދާނެއެވެ.