"އިންޑިއަން ޖަސްޓިން ބީބާ" ގެ ނަމުން މަޝްހޫރުވެފައިވާ ސޫރަޖް ޗަވާން، އިންޑިއާގެ އެންމެ ރީތި ފިރިހެނާގެ ގޮތުގައި ފޭނުން ހޮވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
މިކަމާ ގުޅިގެން ސޫރަޖްގެ ފޭނުން އަންނަނީ އޭނާއަށް ތައުރީފުކޮށް، އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާކުރަމުންނެވެ.
ސޫރަޖް މަޝްހޫރުވެގެން ދިޔައީ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާ އެއްގޮތް ގޮތަކަށް ހެދިގެންނާއި، ޕޮޕް ލަވަތަކަށް ހަދާފައިވާ ކަވަ ވީޑިއޯތަކުންނެވެ. އިންޑިއާގެ ބާރާމަތީގެ ކުޑަ އަވަށަކަށް ނިސްބަތްވާ ސޫރަޖްގެ ވީޑިއޯތަކަށް ފުރަތަމަ ގިނަ ބަޔަކު ޖޯކު ޖެހި ނަމަވެސް، ފަހުން އޭނާ ވަނީ ގިނަ ބަޔަކު ބަލައިގަންނަ ހަގީގީ ތަރިއަކަށް ވެފައެވެ. އަދި އޭނާ ވަނީ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް މަރާޓީ" ގެ 5 ވަނަ ސީޒަން ކާމިޔާބުކޮށް، އާންމުންގެ މެދުގައި އޮތް މަގުބޫލުކަން އިތުރަށް ސާބިތުކޮށްދީފައެވެ.
Man popularly known as Indian Justin Beiber goes viral as he's voted most handsome man in India. Suraj Chavan, popularly known as the "Indian Justin Bieber" is trending again after being voted India's most handsome man. 😁😭 pic.twitter.com/71zTVHUugb
— 𝐀𝐬𝐚𝐤𝐲𝐆𝐑𝐍 (@AsakyGRN) February 4, 2026
މިހާރު އޭނާއަކީ އިންޑިއާގެ އެންމެ ރީތި ފިރިހެނާ ކަމަށް ފޭނުން ނިންމުމާއެކު، އޭނާ ދެކިލުމަށް އެތައް ބަޔަކު ޖަމާވަމުންދާކަން މީޑިއާ ރިޕޯޓުތަކުން ހާމަވެއެވެ. އާދައިގެ ދިރިއުޅުމަކުން ފެށިގެން އައިސް މިއަދު އިންޑިއާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސޫރަޖްއަށް ލިބުނު މި ލަގަބާއެކު، އޭނާގެ މަޝްހޫރުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.
