ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރެއިގް ޑޭވިޑް، ފާލަންމައްޗަށް އަރައި އޮތް ފުޅަންގެއް ސަލާމަތްކޮށް މޫދަށް ދޫކޮށްލިތަނާހެން ބޮޑު މަހެއް އެ ފުޅަނގި ކާލައިފިއެވެ. މި ހާދިސާގެ ވީޑިއޯ މިހާރު ވަނީ މުޅި ދުނިޔޭގައި ވައިރަލް ވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ކްރެއިގް ޑޭވިޑް ރާއްޖޭގެ ރިސޯޓެއްގައި ހުއްޓައެވެ. އޭނާ އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ރިސޯޓުގެ ފާލަން މަތީގައި ތެޅިތެޅި އޮތް ފުޅަނގެއް ފެނުމުން، އޭތި ސަލާމަތް ކުރުމުގެ ހެޔޮ ނިޔަތުގައި ނަމަވެސް އޭނާ އެ މަސް ނަގައެވެ.
@theshadeborough #CraigDavid is going viral for his attempt at saving a flying fish that soared from the sea and mildly interrupted his dinner. 😅 Residents, that was NOT the ending we were expecting!🤣🎣 #TSB #TSBTalks ♬ original sound - The Shade Borough
މަސް ނެގުމަށްފަހު "ކަންބޮޑު ނުވޭ، އަހަރެން މި އުޅެނީ ކަލޭ ސަލާމަތްކޮށްދޭން،" ކަމަށް ބުނެ ވަރަށް ލޯބިން އެ ފުޅަނގި މޫދަށް ދޫކޮށްލައެވެ. ނަމަވެސް ފުޅަނގި މޫދަށް ޖެހުމާއެކު، އެ ސަރަހައްދުގައި އުޅުނު ބޮޑު މަހެއް ވަނީ ހަމަ އެ ސިކުންތުގައި އެ ފުޅަނގި ޖަހައިގަނެގެން ގޮސްފައެވެ.
މި މަންޒަރު ފެނުމުން ކްރެއިގް ޑޭވިޑް ހައިރާންވެފައި ހުރެ ބުނެފައިވަނީ "އެއީ ނޭޗަރ (ޤުދުރަތީ ކަންކަން ހިނގާގޮތް)" ކަމަށެވެ.
މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި މިލިއަނުން ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު އަންނަނީ މިއީ "ދުނިޔޭގެ އެންމެ ނަސީބު ދެރަ ފުޅަނގި" ކަމަށް ބުނެ މަޖާ ކޮމެންޓްތައް ކުރަމުންނެވެ.
