މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ ފުރަތަމަ ދުވަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި އާ ޚިދުމަތް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރެވެ.

މިއީ ރާއްޖޭގެ ލޮޖިސްޓިކްސް ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯ 2026 މެދުވެރިކޮށް އާންމުންނާއި ވިޔަފާރީގެ ބައިވެރިންނާ (ސްޓޭކްހޯލްޑަރުންނާ) ގުޅުން ބަދަހިކޮށް، ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް އެމްޕީއެލްއިން ވަނީ އަމާޒު ހިފާފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީތީ މިނިސްޓާ މޫސާ ޒަމީރަށް އެމްޕީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްޕީއެލްއިން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި އެކްސްޕޯގެ ތެރެއިން ފޯރިގަދަ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.