ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގައި ހިމެނޭ މެމްބަރުންގެ ދޯނި ފަހަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ހުޅުމާލޭގައި ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ" ގެ ތެރެއިންނެވެ.
މަސްވެރިންނަށް ލިބޭނެ ލުއިތައް: މި ޕާޓްނާޝިޕްގެ ދަށުން ބީކޭއެމްޔޫގެ މެމްބަރު ދޯނިތަކަށް ތިރީގައިވާ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ:
MTCC has established a partnership agreement with @FishermensUnion offering discounts from #MTCCKashavaru products to the members of the Union.
— MTCC Plc (@MTCCPlc) February 6, 2026
MTCC established a partnership agreement with “Bodu Kanneli Union” in the sidelines of the ongoing Maldives Marine Expo 2026. As per… pic.twitter.com/dEcRms0Fm5
ޔަންމާ ސްޕެއާ ޕާޓްސް: %10 ޑިސްކައުންޓް
ކާސްޓްރޯލް ގެ އުފެއްދުންތައް: %8 ޑިސްކައުންޓް
އެމްޓީސީސީން ހާމަކުރި ގޮތުގައި މިއީ އެ ކުންފުނިން މަސްވެރިންގެ ޖަމިއްޔާއަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ. މިކަމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ބޭނުންވާ މުހިންމު އުފެއްދުންތައް އަތްފޯރާ ފަށުގައި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އެއްބަސްވުމާ ގުޅިގެން ބީކޭއެމްޔޫ އިން ވަނީ އެމްޓީސީސީގެ އިސްނެންގެވުމަށް މަރުހަބާ ކިޔައި، ކުންފުނީގެ މެނޭޖްމެންޓަށް ޝުކުރު އަދާކޮށްފައެވެ. މަސްވެރިކަމުގެ ޚަރަދުތައް ބޮޑުވެފައިވާ ދުވަސްވަރެއްގައި، އިންޖީނު މަރާމާތު ކުރުމަށާއި އަޑީތެޔޮ ބަދަލުކުރުމަށް ލިބޭ މި ޑިސްކައުންޓަކީ މަސްވެރިންނަށް ލިބޭނެ ބޮޑު ލުޔެކެވެ.
