ދިރާގުން މީޑިއާނެޓްއާ ގުޅިގެން، ކަސްޓަމަރުންނަށް ހެޔޮ އަގުގައި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ލިބޭނެ ޚާއްސަ ޕެކޭޖުތަކެއް ތަޢާރަފުކޮށްފިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، ދިރާގުގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު މީޑިއާނެޓްގެ މަގުބޫލު ޓީވީ ޗެނަލްތަކާއި، ބޭނުން ގަޑިއަކު ބަލާލެވޭ 'އޮން-ޑިމާންޑް' ކޮންޓެންޓްގެ އިތުރުން، ކުޅިވަރުގެ މެޗުތައް ބަލާލުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

ޕެކޭޖުތަކުގެ އަގުތައް: މި ބަންޑަލްތައް ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ބަލައިގެންނެވެ.

ޕެކޭޖުތަކުގެ އަގު ފެށެނީ މަހަކު އެންމެ 50 ރުފިޔާ އިންނެވެ.
1 މަސް ދުވަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ޕެކޭޖު ނެގޭނެއެވެ.
ވީޑިއޯ ކްލަބް މޯބައިލް: ދިރާގު ކަސްޓަމަރުންނަށް ޚާއްސަކޮށްގެން، ރާއްޖޭގެ އުފެއްދުންތައް ބަލާލެވޭ މި ޕެކޭޖުވެސް މަހަކު 50 ރުފިޔާއަށް ލިބޭނެއެވެ.
ޚިދުމަތް ހޯދާނެ ގޮތް: މި ޚިދުމަތްތައް ހޯދުމަށް ދިރާގު އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން ސަބްސްކްރައިބް ކުރެވޭނެއެވެ.

ހިދުމަތް ހޯދާނީ ކިހިނެތް؟

ދިރާގު އެޕްގައިވާ 'އެމް.ޓީވީ މޯބައިލް ވިތް ދިރާގު' ބެނާއަށް ފިއްތާލާށެވެ.
ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރުމަށްފަހު 'ސަބްސްކްރައިބް' އަށް ފިއްތާލުމުން ޚިދުމަތް އެކްޓިވޭޓްވާނެއެވެ.


ފައިސާ ދެއްކުމަށް؛ ޕްރީޕެއިޑް ނަމަ މޯބައިލް ބެލެންސުން ކެނޑޭގޮތަށް، އަދި ޕޯސްޓްޕެއިޑް ނަމަ މަހު ބިލަށް އިތުރުވާގޮތަށް ހަމަޖެއްސޭނެއެވެ.
ދިރާގުން ހާމަކުރި ގޮތުގައި މިއީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް ފަސޭހަކަން ގެނެސްދީ، ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.