އޮސްޓްރިއާގެ ޑަބް ޓްކް އިނޮވޭޝަން އާއި ގްރެޒް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ގުޅިގެން ސެންސަރުލީ ބޫޓެއް އުފައްދައިފިއެވެ. މި ބޫޓު ފަރުމާކޮށްފައިވަނީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ހާއްސަކޮށްގެންނެވެ. މިބޫޓުގަައި ހަރުކޮށްފައިވަނީ އަލްޓަރާ ސޮނިކް ސެންސަރުތަކެކެވެ.
ބޫޓަށް އަރައިގެން ހިނގާ މީހެއްގެ ކުރިމަތީގައި ހުރަހެއް ވާނަމަ މި ބޫޓުން އެކަން އެމީހަކަށް އަންގައެވެ. އެގޮތުން އެބޫޓު ވައިބުރޭޓުވެއެވެ. އަދި އެލާމެއްވެސް އަޅައެވެ. މިކަމުގެ ސަބަބުން ބޫޓަށް އަރައިގެން ހިނގާ މީހާއަށް އެކަން އިނގެއެވެ. އޭރުން ކުރިމަތީގައި އެވާ ހުރަހަކުން ނެއްޓެން އެމީހަކަށް އިނގޭނެއެވެ.
މި ސެންސަރުގެ އެހީގައި 3 މީޓަރާއި 4 މީޓަރު ދުރުގައި ހުންނަ ހުރަސްތަށް ދެނެގަނެވެއެވެ. އެ ކުންފުނިން ބުނާގޮތުގައި މި އުފެއްދުމަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް މަގުހިނގަން ފަސޭހަކޮށްދޭނޭ ވަސީލަތެކެވެ. އަދި މިއީ އިންސާނިއްޔަތަށް ކޮށްދެވުނު ވަރަށްބޮޑު ހިދުމަތެއްކަމަށްވެސް އެކުންފުނިން ފާހަގަ ކުރެއެވެ.
އެންމެ ފުރަތަމަ މިބޫޓަށް އަރާ މީހަކަށް މިބޫޓުގައި ހިނގަން ތަންކޮޅެއް އުނދަގުވެދާނެއެވެ. ނަމަވެސް މި ބޫޓަށް ހޭނުމުން މިއީ ވަރަށްވެސް ފަސޭހަކޮށްދޭނޭ ވަސީލަތެކެވެ. މިފަދަ އެތައް އުފެއްދުންތަކެއް ސައިންސުވެރިން އަންނަނީ އުފައްދަމުންނެވެ. ނަމަވެސް ވައިގަ ހިފަމުން ދަނީ މީގެ ތެރެއިން ބައެއް ވަސީލަތްތަކެކެވެ.
