މިއަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 2,994 ކެންޑިޑޭޓުންގެ މެދުގައި ނަންތައް ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުން މި މަހުގެ 12 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ގުރުއަތުލުމަށްފަހު ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ބަންދުވާނެތީ، ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން އެކަން ކުރަން ޖެހޭއިރު، މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަންކުރާ ކޮންގްރެސް ޕާޓީންނެވެ.

ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި އިންތިޚާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބާއްވާ މުހިންމު އިންތިޚާބަކަށް ވާއިރު، އީސީން މިހާރު ދަނީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލައި އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.