މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "ސާބަސް ޔަންމާ ޕްރޮމޯ 2026" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުން ގަންނަ ކޮންމެ ޔަންމާ އިންޖީނަކުން 8 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑިސްކައުންޓް ލިބޭނީ، މުއްދަތު ހަމަވުމުގެ ކުރިން އިންޖީނުގެ އަގުގެ 10 ޕަސަންޓު ފައިސާ ދައްކައި، ބުކިން ހަދާ ފަރާތްތަކަށެވެ. މިއީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތަކަށް އިންޖީނު ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

މިއަހަރުގެ މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކީ ވެސް އެމްޓީސީސީއެވެ. އެ ކުންފުނިން ދަނީ އެކްސްޕޯގައި މެރިން ދާއިރާގެ އާ އުފެއްދުންތައް ތައާރަފުކޮށް، ޔަންމާ އަދި ކާސްޓްރޯލް ފަދަ ބްރޭންޑްތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޚާއްސަ ލަކީޑްރޯގެ ނަސީބުވެރިން ވެސް މި އެކްސްޕޯގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.