މޯލްޑިވްސް މެރިން އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރަންސް ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ބައިވެރިވެ، އެ ކުންފުނީގެ ޚާއްސަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.
މި އެކްސްޕޯގައި އެލައިޑުން ވަނީ މެރިން ހަލް އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ގުރުއަތު ނަގާފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި، ގުރުއަތުން ހޮވުނު 3 ފަރާތަކަށް 8,000 ރުފިޔާގެ ޑިސްކައުންޓް ވައުޗަރު ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އެލައިޑް ސްޓޯލަށް ޒިޔާރަތްކޮށް، ހަރަކާތްތަކުގައި ބައިވެރިވި އާންމުންނަށް ވެސް ވަނީ ހަދިޔާ ދީފައެވެ.
2014 ވަނަ އަހަރުން ފެށިގެން މި އެކްސްޕޯގައި ބައިވެރިވަމުން އަންނަ އެލައިޑުން، މި ފަހަރުވެސް ވަނީ ޑައިވް ސްކޫލްތަކާއި، ވޯޓާ ސްޕޯޓްސް ސެންޓަރުތަކާއި އުޅަނދުފަހަރު ބަންނަ ފަރާތްތަކަށް އިންޝުއަރަންސްއާ ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި އެލައިޑްގެ އިސްލާމިކް ވިންޑޯގެ ދަށުން ދެމުންދާ ތަކާފުލް ޚިދުމަތްތައް ވެސް ވަނީ ތައާރަފުކޮށްދީފައެވެ.
