ސޮނީއިން ތައްޔާރުކުރާ ޕްލޭސްޓޭޝަން 5 ގެ ޓީވީ އިސްތިހާރު ފުރަތަމަ ފަހަރަށް ދައްކާލެވުނުއިރު އެ އިސްތިހާރުގައި މިފަހަރު އަލަށް އަތާރަފްކުރާ ސްމާރޓް ކޮންސޯލްގެ ފުރިހަމަކަން ވަނީ ފެނިފައެވެ. ލަފާކުރެވޭގޮތުގައި ނޮވެންބަރ މަހު ބާޒާރަށްނެރެން ތައްޔާރުވެފަވާ މިގޭމްއަށް ގިނަބަޔަކު އިންތިޒާރުކުރަމުންނެވެ.

ޕީއެސް 5 ގެ އިސްތިހާރުން ފެންނަގޮތުގައި ގޭމްކުޅެން އިންނަމީހާ ވަރޗުއަލް ދުނިޔެއާ ގުޅުވާލައެވެ. މި އިސްތިހާރުން މައިގަނޑުގޮތެއްގައި ދައްކާލަދެނީ ޑުއެލްސެންސް ކޮންޓްރޯލަރގެ ފުރިހަމަކަމެވެ. މީހުން ސިފަކުރާގޮތުގައި މިއީ ވާދަވެރި އެކްސްބޮކްސް ސީރީޒް އެކްސްގެ ޖޯއީޕެޑް އާޢި އަޅާބަލާއިރު މާފުރިހަމަ ކޮންޓްރޯލަރއެކެވެ.
ސޮނީއިން ހާމަކުރާގޮތުގައި މިފަހަރުގެ ކޮންޓްރޯލަރ އިން ކާރެއް މަޑުމަޑުން ޗަކަގަނޑެއްގައި ދުއްވާފައިދިޔަނަމަވެސް އެއިހުސާސް އެންމެ ފުރިހަަމައަށް މިކޮންޓްރޯލަރ މެދުވެރިކޮށް ތަޖުރިބާ ކޯށްލެވޭނެއެވެ.
މިފަހަރުގެ ކޮންޓްރޯލަރގައި އިންނަ އެލް 2 އަދި އާރް 2 ފިތްތައް ތައްޔާރު ކޮށްފައިވަނީ ކުޅޭ ގޭމެއްގެ މާހައުލަށް އެންމެ އެކަށޭނެގޮތަށެވެ. މިސަލާކަށް ތީރުޖަހާ ގޭމެއްކުޅޭނަމަ ތީރުޖަހަން ދުނި ވާންކޮށްލާ އިހުސާސްވެސް އަސްލާ އެންމެ އެއްގޮތްވާނެހެން ތަޖުރިބާ ކޮށްލެވޭނެއެވެ. މީގެއިތުރުން ކޮންޓްރޯލަރގެ އިންބިލްޓް މައިކްރޯފޯނުން ހެޑްސެޓަކާއި ނުލާ އެހެން ކުޅުންތެރިންނާއި ވާހަކަދެއްކޭނެއެވެ.
ކޮންޓްރޯލަރގެ ޑިޒައިނަށް ބަލާލާނަމަ މިފަހަރު ކޮންޓްރޯލރ ތަންކޮޅެއް ބަރުކަމަށް ދައްކައެވެ. އަދި ބަލާބެލުމަށް އެކްސްބޮކްސްގެ ޖޯއީޕެޑްއާއި ދާދި އެއްގޮތެވެ.
ސޮނީ އިން ޕީއެސް 5 އެނައުންސް ކޮށްފައިވަނީ 2019 ވަނައަހަރުގެ އޭޕްރީލް މަހުގައެވެ. ސޮނީއިން ބުނެފައިވަނީ ޕީއެސް 5 ގެ ސްޕީޑް ޕީއެސް 4 ސްޕީޑާއި އަޅާބަލާއިރު 10 ގުނަ ރަނގަޅުވާނެއެވެ. ޕީއެސް 5ގެ ކޮންސޯލްއިން 8 ކޭ ކޮލިޓީގައި ގޭމް ކުޅުމުގެ އިތުރުން ބޭނުންނަމަ 120 އެފްޕީއެސްގައި 4 ކޭ ކޮލެޓީގައި ވެސް ގޭމް ކުޅެލެވޭނެއެވެ. ޕީއެސް 5ގެ ޑިސްކްޓްރޭ ހިމެނޭ ވައްތަރަކާއި އަގުހެޔޮކޮށް ވިއްކާ ޑިޖިޓަލް ވަރޝަންއެއްވެސް ނެރޭނެކަމަށް ހަބަރު ލިބެއެވެ. 17 ނޮވެމްބަރ 2020 ވަނައަހރު ޕީއެސް 5 ބާޒާރަސް ނެރޭނެކަމުގެ އަޑު ފެތުރިފައިވާއިރު، ޕީއެސް 5 ވިއްކާނެ އަގުކަމަށް ގިނަބަޔަކު ބުނަނީ 400-500 ޑޮލަރާއި ދެމެދެވެ.
