ރާއްޖެއިން ކައްކާ ގޭސް ހުސްވެފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ގޭސްގެ ބެލެނިވެރި ކުންފުނި، އެސްޓީއޯއިން ދޮގުކޮށްފިއެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ގޭސް އެއްކޮށް ހުސްވެފައި ނުވާ ކަމަށާއި، ނަމަވެސް ސަޕްލައި ކުރުމުގައި ދިމާވި ކަމަކާ ގުޅިގެން މިވަގުތު ގޭސް ދޫކުރަމުންދަނީ ކޮންޓްރޯލްކޮށްގެންނެވެ. މިގޮތުން މިހާރު ވިއްކަމުންދަނީ 7 ކިލޯގެ ގޭސް ފުޅި ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ވަނީ އާންމުން ހާސްނުވުމަށް އެދި، އަންނަ ހަފްތާގެ ތެރޭގައި މި މައްސަލަ އެއްކޮށް ހައްލުވެ، ގޭސް ވިއްކުން އާންމު ހާލަތަކަށް ބަދަލުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާއެކު، ރޯދަ މަހު ވެސް ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދީފައެވެ.