ދ. މީދޫގައި ތަރައްގީކޮށްފައިވާ އާ ވޮލީބޯޅަ ކޯޓު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ކޯޓު ހުޅުއްވައިދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތަށް މެޑަމް ސާޖިދާ އެ ރަށަށް ވަޑައިގަތުމުން، އެކަމަނާއަށް ހޫނު މަރުހަބާއެއް ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނެވެ.

ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، އެކަމަނާ ވަނީ މީދޫގެ ޒުވާން އަންހެން ކުދިންގެ މެދުގައި ކުޅުނު ވޮލީބޯޅައިގެ ފޯރިގަދަ އެކުވެރިކަމުގެ މެޗެއް ބައްލަވާލައްވާފައެވެ. މިއީ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގާއިމުކުރެވުނު ވަސީލަތެކެވެ.