<article> ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް 158 ބައިވެރިންނާއެކު އައްޑޫގައި ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރު، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.

މި ކޯސް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އިސްވެރިންނާއި މުދައްރިބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

110 ފިރިހެން ފުލުހުން
48 އަންހެން ފުލުހުން
މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި މުއްދަތުގެ ތެރޭގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، އަދި ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.