އުޑުމައްޗަށް ނުވަތަ ސާފު އަލިގަދަ ތަނަކަށް ބަލާލާއިރު، ލޮލުގެ ކުރިމަތިން ކުދިކުދި ރޮނގުތަކެއް ނުވަތަ ކުރެހުންތަކެއް ދަތުރުކުރާހެން ހީވެދާނެއެވެ. މިއީ އުޑުމަތީގައި ނުވަތަ ބޭރުގައި ހުންނަ އެއްޗެއް ނޫނެވެ. މިއީ ސީދާ ތިބާގެ ލޮލުގެ ތެރޭގައި ހުންނަ އެއްޗެހިތަކެކެވެ. ސައިންސްވެރިން މިއަށް ކިޔަނީ "އައި ފްލޯޓާސް" އެވެ. މިއީ ލޮލުގެ ތެރޭގައި ހުންނަ ޖެލް ފަދަ މާއްދާއެއް ކަމަށްވާ "ވިޓްރިއަސް ހިއުމާ" ގެ ތެރޭގައި އުޅޭ ކޮލަޖަން ފައިބަރުގެ ކުދިކުދި ބޮނޑިތަކެކެވެ. ލޮލަށް އަލި ވަނުމުން، މި ފައިބަރުތަކުގެ ހިޔަނި ލޮލުގެ ފަހަތުގައިވާ ރެޓިނާ އަށް އެޅެއެވެ. އަޅުގަނޑުމެންނަށް ލޮލުގެ ކުރިމަތިން އެ ފެންނަނީ ހަގީގަތުގައި މި ފައިބަރުތަކުގެ ހިޔަންޏެވެ.

އިންސާނާގެ އުމުރުން ދުވަސްވަމުންދާ ވަރަކަށް، ލޮލުގެ ތެރޭގައި ހުންނަ މި ޖެލް މާއްދާގެ އޮލަކަން ކެނޑި މަޑުމަޑުން ފެނަށް ބަދަލުވެ، އޭގެ ސައިޒު ކުޑަވާން ފަށައެވެ. މިއީ "ޕޯސްޓީރިއާ ވިޓްރިއަސް ޑިޓޭޗްމަންޓް" އެވެ. މި ސަބަބަށްޓަކައި އުމުރުން ދުވަސްވާ ވަރަކަށް ލޮލުގެ ކުރިމަތިން މިފަދަ އެއްޗެހި ފެނުން އާންމުވެ، ގިނަވެއެވެ. އަޖައިބަކީ ތިބާގެ ސިކުނޑި މިކަމަށް އާދަވެ، އެއްވެސް އުނދަގުލެއް ނެތި މިކަން ބަލައިގަނެ، އެއީ އާންމު ކަމެއްގެ ގޮތުގައި ދޫކޮށްލާފައި އޮންނަ ކަމެވެ.

އެމެރިކަން އެކަޑަމީ އޮފް އޮޕްތަލްމޮލޮޖީން ހާމަކުރާ ގޮތުގައި، ގިނަ ފަހަރަށް މިފަދަ ފްލޯޓާސްތަކަކީ ގެއްލުމެއް ހުރި އެއްޗެއް ނޫނެވެ. ނަމަވެސް، ކުއްލިއަކަށް މިފަދަ ރޮނގުތައް ގިނަވުން، ނުވަތަ ލޮލުގެ ފެނުމުގެ ތެރެއަށް ކަޅު ފަރުދާއެއް ކަހަލަ ހިޔަންޏެއް އައުމަކީ ރެޓިނާއަށް އަނިޔާއެއް ލިބުނުކަމުގެ ނިޝާނަކަށް ވެދާނެއެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ، މިއީ ސީރިއަސް ކަމެއް ކަމަށް ބަލައި ލަސްނުކޮށް ލޮލުގެ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. މި ނޫން ހާލަތްތަކުގައި، މިއީ ހަމައެކަނި ތިބާގެ ލޮލުގެ އެތެރޭގައި ހިނގާ ގުދުރަތީ، މައިކްރޮސްކޯޕިކް ހަރަކާތްތަކެކެވެ.

 

ހަވާލާ: ނެޝަނަލް ޖިއޯގްރަފިކް 2023