ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރބިއާގެ 23 ވަނަ ޤައުމީދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސްއަށާއި ބޮޑުވަޒީރަށް ފޮނުއްވައިފިއެވެ.

ރައީސް ތަހުނިޔާގެ މި މެސެޖު ފޮނުއްވާފައިވަނީ ސަރބިއާގެ ރައީސް އެލެކްސަންޑަރ ވުޗިޗްއާއި އެޤައުމުގެ ބޮޑުވަޒީރު އާނާ ބަރްނަބިޗްއަށް ވަކިވަކިންނެވެ.

އެ މެސެޖުގައި އެމަނިކުފާނުގެ އިޚުލާސްތެރި ހެޔޮއެދުންތައް އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވައި، ކުރިއަށްއޮތް އަހަރުތަކުގެ އުފާވެރިކަމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.