މިއީ ފުރަމާލޭގައި ޒުވާނަކަށް ދިމާވި ހަގީގީ ހާދިސާ އެކެވެ. މި ވާހަކަ ހިއްސާ މިކޮށްލެވެނީ އެ ފަރާތުގެ އިޒުނައާއި އެކުގައެވެ.
ގާތްގަނޑަކަށް 30 އަހަރުގެ ފިރިހެނެކެވެ. ދީނީ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ވީވަރަކުން ފަރުޟު ފަސް ނަމާދު ކުރެވޭތޯ ބަލައެވެ. ނުކުރެވޭ ތަންވެސް ކިތަންމެ ފަހަރަކު އާދެއެވެ.
އާދައިގެމަތިން އެއްދުވަހަކު އޭނާ ކުރަން ހުރި ކަންތައްތައް ނުނިމި އުޅެނިކޮށް އެދުވަހުގެ އިރު އޮއްސެން ކައިރިވެއްޖެއެވެ. އަދާކުރާ ވަޒީފާގެ ގޮތުން އަސުރު ނަމާދު ކުރެވެނީ މަދު ދުވަހަކުއެވެ. އެގޮތުން ވަގުތު ކުޑަތަންވަމުން އައި ދުވަހެކެވެ. ކަންކަން ނުނިމި ހުރުމާއެކު، އަސުރު ނަމާދު އެޅެނީ ކަންވެސް އިނގިހުރެ، އެކަން ކަން ނިންމޭތޯ ނަމާދު އަޅާފައި އުޅެނެވެ. ނަމަވެސް އިރު އޮއްސުނުތާ ކިތަންމެ އިރެއް ވީ ފަހުންވެސް އެކަމެއް އޭނާއަކަށް ނުވިއެވެ.
މިފަދަ ގޮތަކަށް ކަން ކަން ތަކުރާރުވާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ. މަސައްކަތް ނުނިމި ލަސްވާތީ އެކަމާ ބޮޑުމީހާވެސް ހިތްހަމަ ނުޖެހިފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އަނެއްކާވެސް ހަމަ އެފަދަ ދުވަހެކެވެ. މިއަދު އަދި ވަކީން މަސައްކަތް ގިނައެވެ. ނަމަވެސް މިއަދު އޭނާއާއި އެކު އެހެން ޒުވާނެއްވެސް ހުއްޓެވެ. ކަން ދިމާ ކުރި ގޮތުން އެ ޒުވާނާ ބޭނުން ވީ ލަސްވިޔަސް، އަދި ނުނިމުނު ކަމުގައި ވީނަމަވެސް އަސުރު ނަމާދު ކޮށްގެން އެކަން ކަން ކުރުމަށެވެ. އެމީހަކާއި އެކުގައި ވުމުން މި ޒުވާނާއަށްވެސް ނަމާދު ކުރަން މިސްކިތައް އެރުނެވެ. ނަމާދުކޮށް ފައިބައިގެން މަސައްކަތަށް އެނބުރުނެވެ. އިސާހިތެއްނުވެ އެ ކަންވެ ނިމިއްޖެއެވެ. އިރު އޮއްސޭން އަދި ވަގުތުކޮޅެއްވެސް އެބަހުއްޓެވެ.
މިހާ ފަސޭހައިން، ކަންވެ ނިމުމުން އެކަމާއި އޭނާ ހައިރާންވެސް ވިއެވެ. ޖެހިގެން ދެން އައި ދުވަހުވެސް ކަންވީ ހަމަ އެހެނެވެ. މިކަމާ އޭނާ އަޖައިބުވެ، އޭނާގެ އަނެެއް ބައިވެރިޔާ ކައިރިން އެވާހަކަ އެހުމުން އޭނާ ދިނީ ޒާތެެއްގެ ޖަވާބެކެވެ. އޭނާ ބުނީ އެހެންޏާ ތިބާ އަސުރު ނަމާދެއް ނުކުރަމުއެންނުހެއްޔެވެ؟ އެކަމު ތިބާ މިއަދު އަސުރު ނަމާދުކޮށްފީމުއެވެ. ތަފާތަކީ އެއީ އެވެ.
އޭގެ ފަހުން ކިތަންމެ މަސައްކަތް ގިނަވި ނަމަވެސް އަސުރު ނަމާދު ނުކޮށެއް މަސައްކަތް ކުރިއަކަށް ނުގެންދެއެވެ. އަދި ކުރިން މަސައްކަތް ނުނިމި ލަސްވި ނަމަވެސް މިހާރު ވަގުތަށް މަސައްކަތް ނިންމާލެވެއެވެ.
އެ ޒުވާނާގެ ނަސޭޙަތެެއް އެބައޮތެވެ. ކަމަކަށް ލަސްވި ނަމަވެސް، ނަމާދު ކުރާށެވެ. އެއީ ވަގުތު ހޭދަވާ ކަމެއް ނަމަވެސް އޭގެ ބަދަލު ލިބޭނީ އެހެން ސިފައެއްގައެވެ. އަދި ވެފައި ހުރި ލަސްކަމުން، ކަން ވުމުގެ މަގު ފަހި ކޮށްދޭނެ ކަމަކަށް ނަމާދު ވާނޭ ކަމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން