ކުކުޅު ހާލަކީ އޭގެ އުމުރު އޭގެ ޠަބީއަތުގައިވެސް ކުރު އެއްޗެކެވެ. ހަމަ އެއާއި އެކު އިންސާނުން، އެސޮރުގެ މަސް ކެއުމަށް އޮންނަ އެދުންވެރިކަމެއްގެ ބޮޑުކަމުންވެސް އެސޮރުގެ އުމުރު ވަނީ ވަރަށް ކުރު އެއްޗަކަށް ވެފައެވެ.
ކަންމިހެން ހުރިނަމަވެސް މިއަދު ދުނިޔޭގައި އުޅޭ ކުކުޅުހާލުގެ ތެރެއިން އެންމެ ދޮށީ ހާލުގެ އުމުރަކީ ކިހާވަރެއްކަން އެނގޭހެއްޔެވެ؟ ދުނިޔޭގައި މިހާރު ދިރިހުރި އެއްމެ ދޮށީ ހާލުގެ އުމުރަކީ 20 އަހަރެވެ. އެމެރިކާގެ މިޗިގަން ގެ، މުސްކުޅި ކުރައްވާފައިވާ ލައިބްރޭރިއަން އެއް ކަމަށްވާ މާސީ ޑާވިން ނަމަކަށް ކިޔާ މި މީހާ، މި ހާ ގެންގުޅޭތާ 19 ވަރަކަށް އަހަރު ވެދާނެއެވެ. އޭނާ ބުނާގޮތުގައި އެ ހާލަކީ، އެސޮރު ކުޑައިރު، އެސޮރުގެ މަންމަ ކުކުޅު، އެސޮރަށް އަނިޔާކޮށް ބާކީކޮށްލުމުން، އޭނާ ބަލާ ބޮޑުކުރި ހާލެކެވެ. އެ ހާ، އެދުވަހު އޮތް ހާލު ފެނިފައި، އެ ހާ މަރުވާން ދޫކޮށްލަން ނުކެރުނީކަމަށާއި، އަދި ބޮޑުވުމުން ކާންވެސް ނުކެރުނީކަމަށް މާސީ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި މި ހާލަށް، މާސީ ވަނީ ނަމެއްވެސް ދީފައެވެ. އެއީ "ޕީނަޓެވެ". ޕީނަޓު ބަޓަރު ކުލައިގައި ހުންނަ މި ހާލަށް މިއަހަރު މާރިޗް އެކެއްގައި އެ ފުރުނީ 20 އަހަރާއި 304 ދުވަހެވެ. 2002 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އުފަންވި މި ހާލަކީ "ބަންޓަމް ބްރީޑް" ނަސްލުގެ ހާލެކެވެ. މިއީ އަސްލު ބެލްޖިއަމުގެ ނަސްލެކެވެ.
މިވައްތަރުގެ ހާލަކީ މަސްޖަހާ، މާބޮޑަށް ފަލަވާ ވައްތަރުގެ ހާލެއް ނޫނެވެ. ނަމަވެސް މިއީ ކުއުމަށް މީރު މަސްގަނޑެއް އޮންނަ ހާލެކެވެ. މާސީ ބުނާގޮތުގައި އެ ހާލަކީ ވަރަށް އޮޅު، އަދި އެހެން ޖަނަވާރުތަކާއިވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ހާލެއް ކަމަށެވެ. އެގޮތުން އެ ގޭގައި އުޅޭ ކުއްތާ އަކާއި އެ ސަރަހައްދުގައި އުޅޭ ބުޅާތަކަކީވެސް އެ ހާލުގެ އެކުވެރިންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވަމުން އައި އެ ހާލުގެ، ހާލު މިއަދު އެހާ ފުރިހަމަ ނޫން ކަމަށް މާސީ ބުނެއެވެ.
މިހާތަނަށް ރެކޯޑު ކުރެވިފައިވާ އުމުރުން އެންމެ ދޮށީ ހާލުގެ އުމުރަކީ 23 އަހަރެވެ. ނަމަވެސް މިއަދު އެ ހާލެއް ދުނިޔެއަކު ނެތެވެ. އެއީވެސް އެމެރިކާގައި އުޅުނު ރަތް ހާލެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން