ސާފު ބޯފެނާއި ރައްކާތެރި ފާހާނާ ކުރުމުގެ ނިޒާމަކާއި ނަރުދަމާ ނިޒާމުތަކަކީ އިންސާނުން ދިރިއުޅުމުގައި އަސާސީ ހިދުމަތްތަކެކެވެ. އަހަރެމެންނަށް މި އަސާސީ ހިދުމަތްތައް ލިބިފައި ހުރުމާއި އެކު، މި އަސާސީ ހިދުމަތްތައް ލިބި ނުވާ ބައެއްގެ ހާލަތާއި އިހުސާސްތައް ދެނެގަތުން ވާނީ އުނދަގޫ ކަމަކަށެވެ.
ކަންމިހެން ހުރިނަމަވެސް ދިރާސާ ކުރާ މީހުންނާއި ކަންކަން ހޯދާ މީހުން މިފަދަ ބައެއް މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތަކުގެ ވާހަކަ ދައްކައެވެ. ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކުންވެސް އެވާހަކަތައް ދައްކާ ހާމަ ކުރަމުން ދެއެވެ. މި ލިޔުމުގައި މި ބަލާލަނީ އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާ އ.ދ އިން ހާމަކޮށްފައިވާ މައުލޫމާތަކަށެވެ.
އެ މައުލޫމާތުގައި މޯބައިލް ފޯނުތަކުގެ ހިދުމަތް މީސްތަކުންނަށް ލިބޭހާ ފަހިކޮށް، ރައްކާތެރިގޮތުގައި ފާހާނާ ކުރުމާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް މީސްތަކުންނަށް ނުލިބެއެވެ. އ.ދ ގެ އިންސްޓަގްރާމް ގައި ޝާއިއުކޮށްފާ މި މައުލޫމާތުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 3.6 ބިލިއަން މީހުންނަށް ރައްކާތެރި ގޮތުގައި ފާހާނާ ކުރުމުގެ ނިޒާމާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިއީ މޯބައިލް ފޯނުގެ ހިދުމަތް ނުލިބޭ މީހުންގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. ވީއިރު، ފޯނުގެ ހިދުމަތަށް މީހުން ހުޅުވި، ފަހިވެފައި އޮތް މިންވަރަށްވުރެ، ރައްކާތެރި ގޮތުގައި ފާހާނާ ކުރުމުގެ ނިޒާމުގެ ފަހިކަން މާ ހަންޏެވެ.
މީގެ އިތުރުން އ.ދ ގެ މި ޕޯސްޓުގައި ބުނެފައި ވަނީ މި ހިނގާ މާރިޗް މަހުގައި އޮންނަ އ.ދ ގެ ފެނާ ބެހޭ ކޮންފަރެންސްއަކީ މިކަމުގެ މައްޗަށް ވާހަކަ ދައްކާ ހައްލުތަކެއް ހޯދުމަށް މަޝްވަރާ ކުރުމަށް ފަހި ފުރުސަތެއް ކަމަށެވެ.
ރައްކާތެރި ގޮތުގައި ފާހާނާކޮށް ސާފުތާހިރު ވެވޭނޭ ސާފު ގޮތެއް ނެތުމަކީ ހިތްދަތި އިހުސާސެކެވެ. އެކަން އަހަރެމެން ތަޖުރިބާކުރަން ނުޖެހުމީ އޭގެ އިހުސާސް އަހަރެމެންނަށް ނުކުރެވޭ ކަމެކެވެ. ނަމަވެސް އަހަރެމެންގެ އުންމީދަކީ އަދު ދުޢާ އަކީ އެފަދަ ދުވަހެއް އަހަރެމެންނަށް މިންވަރު ނުކުރެއްވުމެވެ. އަދި އެވާނާ ތަކުލީފުގައި އެތިބަ އެންމެނަށް އެ އުނދަގުލުން މިންޖުވެ ރައްކާތެރި ސާފު ނިޒާމެއް އެބައިމީހުންނަށް މިންވަރު ކުރެއްވުމެވެ. މިކަމުގައި އޮތީ އެކުވެރި ދައުލަތްތައް އެކުވެ އެކު އެކީ މަސައްކަތް ކުރުމެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން