ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަން އެއް ލޯންޗްކޮށްފިއެވެ.

މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 2 ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެއެވެ. 

އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. 

މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޑިސެންބަރު އިން 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 

 https://www.bankofmaldives.com.mv/personal/cards/pay-with-amex-and-win

މި ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.