ފެންވަރު ރަނގަޅު ދަތުގެ ފަރުވާ އަަދި  އަރާމުގައި ތިބެލެވޭނެ އެކޮމޮޑޭޝަނާއި އެއްކޮށް ދަތުގެ ފަރުވާ ތަޖުރިބާކޮށްލަން ބޭނުން ހެއްޔެވެ؟ ދަތުގެ ސިއްހަތާއި ޖުމްލަ ދުޅަހެޔޮކަމަށް އިސްކަންދޭ ތަފާތު އަދި ފެންވަރު ރަނގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ޚާއްސަވެފައިވާ ހާޕަސް ކްލެފް ޑެންޓަލް ކްލިނިކް ވަރަށް ހިދުމަތް ރަނގަޅެވެ.

ހާޕަސް ކްލެފްގެ ޑރ ސަޗިން  (ބީޑީއެސް، އެމްއެޗްއެމް( އޮސްޓްރޭލިއާ) އަދި ޑރ ހޭޒެލް (ބީޑީއެސް، އެމްޑީއެސް(ޕީޑިއޭޓްރިކް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ)) ގުޅިގެން ބަލިމީހުންނަށް ވަނީ ހާަޕަސް ކްލެފްގައި ސްޓްރެސް ފްރީ މާހައުލެއް އުފައްދާފައިވެއެވެ. 

ހާޕަސް ކްލެފްގައި ބޭނުންކުރެވެނީ ދުނިޔޭގެ ފެންވަރުގެ އެންމެ ރަނގަޅު ސްޓިރިލައިޒޭޝަން އެވެ. ރީތި ހިތްގައިމު މާހައުލެއް އަދި  އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކްލިނިކެކެވެ. ހާޕަސް ކްލެފް ޓީމުގައި ހިމެނެނީ ޕްރޮފެޝަނަލް ކޮލިފައިޑް ޑޮކްޓަރުންނެވެ. ކުޑަކުދިންގެ ދަތުގެ ފަރުވާ , ފުލް މައުތު ރިހެބިލިޓޭޝަން އަދި ސްމައިލް ކަރެކްޝަން، ޑެންޓަލް އިމްޕްލާންޓް، އެލައިނަރސް އަދި ޖެނެރަލް ޑެންޓިސްޓްރީ ހިދުމަތް މިތަނުން ލިބެއެވެ. ހާޕަސް ކްލެފް ޓީމުގައި ހިމެނޭ އިންޑިއާގެ މަޝްހޫރު އިމްޕްލާންޓޮލޮޖިސްޓް،އޯރަލް އެންޑް މެކްސިލޯފޭޝަލް ސާޖަން ޑރ އެންސަން ޖޯސޭ، އަކީ އިންޑިއާގައި 3ޑީ ޕްރިންޓެޑް އިމްޕްލާންޓް ބޭނުންކުރާ މަދު ސާޖަންތަކުގެ ތެރެއިން އެކަކެވެ. މީގެއިތުރުން ދަތުކެންޑުވުމާއި މައިގްރެއިން މައްސަލަތަކާއި ވެސް ގުޅޭ ސްޕެޝަލިސްޓެއްމެއެވެ.


މިކްލިނިކުން ފުލް ޓައިމް ޕީޑިއޭޓްރިކް ޑެންޓަލް ކެއާ ފޯރުކޮށްދެއެވެ. ހަމައެހެންމެ ކުޑަކުދިންގެ ދަތަށް ދިމާވާ ތަފާތު މައްސަލަތަކުން ރައްކާތެރިކުރުމަށް ޕްރިވެންޓިވް ޓްރީޓްމަންޓްތަކާއި ފަނިކެއުންފަދަ ދަތުގެ އާންމު މައްސަލަތައް ހައްލު ކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް މިތަނުން ދެއެވެ. މިކްލިނިކްގެ ޑޮކްޓަރުންގެ އުންމީދަކީ ދަތުގެ ރަނގަޅު އާދަތައް އާލާކޮށް، މުސްކުޅިވަމުން އަންނަ ވަރަކަށް ދަތަށްދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވުމެވެ. އިންވިޒިލައިން ގެ ހިދުމަތުން ފެށިގެން ޑެންޓަލް އިމްޕްލާންޓަ އަދި ކްރައުންއާއި ރޫޓް ކެނަލް  ހިދުމަތްވެސް މިކްލިނިކުން ފޯރުކޮށްދެއެވެ.

ހާޕަސް ކްލެފް ކްލިނިކާއި އިން ވެގެން ޕްރީމިއަމް ރޫމްތަކާއި އިން-ހައުސް ރެސްޓޯރެންޓެއް ހުންނަ ހޮޓަލެއް ހުރުމަކީ ފަރުވާއަށްދާ ދިވެހިންނަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ. އިންހައުސް ރެސްޓޯރެންޓުން ލިބެންހުންނަ ކާއެއްޗެއްސަކީ ހަށިގަނޑަށް ފައިދާ ހުރި ސިއްހަތު ރަނގަޅު ކާނާއަށް އިސްކަންދީގެން ތައްޔާރުކޮށްފައި ހުންނަ ކާނާއެވެ.