ޕެޕް ބިސްޓްރޯ އެންޑް ޑެލީ އިން މީރު ކާނާ އާއި ބުއިންތައް މިހާރު އަވަސް ފުޑް ޑެލިވަރީ އެޕްލިކޭޝަން މެދުވެރިކޮށް އޯޑަރު ކުރުމުގެ ޚިދުމަތް ފަށައިފިއެވެ. ޕެޕްއަކީ މާލޭގައި ފަރީދީމަގުގައި ހުޅުވުނު، ހިތްގައިމު މާޙައުލަކާއެކު، މުޅިން އައު ރަހަތަކެއް އަތްފޯރާފަށުގައި ފޯރުކޮށްދޭ ޒަމާނީ ތަނެކެވެ.

 

ރަހަމީރު ކާނާއަށް މަޝްހޫރުވެފައިވާ ޕެޕްއަކީ، ތާޒާކަމާއި ފެންވަރު ރަނގަޅު ކެއުންތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި މަޤްބޫލު ތަނަކަށް ވެފައިވެއެވެ. އަވަސް ފުޑް ޑެލިވަރީ ޚިދުމަތާއެކު، ޕެޕްގެ ކާބޯތަކެތި ސީދާ ގެއަށް ނުވަތަ މަސައްކަތުގެ މާޙައުލަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ލިބޭނެއެވ  އަވަސް ފުޑް ޑެލިވަރީ ޚިދުމަތުގެ ޒަރީޢާއިން، ކަސްޓަމަރުންނަށް އޮންލައިންކޮށް ޕެޕްގެ މެނޫ ބަލައި، އޯޑަރު ދިނުމާއި، ރިއަލް-ޓައިމްގައި ޑެލިވަރީ ޓްރެކްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. 

 

ޕެޕްގެ މެނޫގައި ހިމެނެނީ ހިތްގައިމު ނާސްތާއިން ފެށިގެން މީރު ޑެސަރޓްތަކާ ހަމައަށް، ފެންވަރު ރަނގަޅު އަދި ތާޒާ ބާވަތްތަކުން ތައްޔާރުކޮށްފައިވާ ކާނާއެވެ. ކޮންމެ ކާއެއްޗެއްވެސް ތައްޔާރުކުރެވިފައިވަނީ ޒަމާނީ ކަލިނަރީ ހުނަރުވެރިކަމާއެކު، އެންމެ މޮޅު އުފެއްދުންތައް ބޭނުންކޮށްގެންނެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށް، ތާޒާ ސެލެޑުން ފެށިގެން ޕާސްތާ އަދި ތަފާތު މެއިންޑިޝްތަކާއި ހަމައަށް ހުރިހާ ބާވަތެއްގެ ކާނާ ފޯރުކޮށްދެއެވެ. މީގެ އިތުރުން، ޕެޕްކެފޭއިން ޚާއްޞަ ރެޑްބުލް މޮކްޓެއިލްތަކާއި ޞިއްޙަތަށް ފައިދާހުރި ހާރބަލް ޓީގެ ބާވަތްތައް ވެސް ހުށަހަޅައެވެ. މީގެ ތެރޭގައި މުރަކަ، ރެދަން އަދި ކެކުރި ފަދަ މޮކްޓެއިލްތަކާއި، ލެވެންޑަރ ޓީ، ހައިބިސްކަސް ޓީ އަދި ގްރީން ޓީ ފަދަ ބުއިންތައް ހިމެނެއެވެ.

 

ޕެޕްގެ ފަރާތުން މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ކަސްޓަމަރުންގެ އިތުބާރާއި ބޭނުންތަކަށް އަމާޒުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ފުޅާކުރުމުގެ މަޤްޞަދުގައެވެ. މި ޚިދުމަތުގެ ސަބަބުން، ޚާއްޞަކޮށް މަސްޢޫލު ދިރިއުޅުމެއް އުޅޭ ފަރާތްތަކަށް ވަގުތު ސަލާމަތްކޮށް، ފަސޭހަކަމާއެކު ޕެޕްގެ މީރު ކާތަކެތި ލިބިގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

މި ޚިދުމަތާއެކު، ޕެޕްގެ މީރު ރަހަތައް އިތުރު ގިނަ ބަޔަކަށް ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވިޒިއާ ޕްރައިވެޓް ލިމިޓަޑްއިން އުންމީދުކުރެއެވެ. މީގެއިތުރުން، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

https://maps.app.goo.gl/FLZK7Dmr6ncETrtc8

https://www.instagram.com/pepbistro/