ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އެންމެ ބާރުގަދަ ކުންފުނި އެޕަލް، ފަހަތަށް ޖައްސާލުމަށްފަހު ސައުދީ އަރަބީޔާގެ ތެޔޮ ކުންފުނި ސައުދީ އަރަބީޔަން އޮއިލް ކޮންޕެނީ ދުނިޔޭ ގެ އެންމެ ވަރުގަދަ ކުންފފުނީ ގެ ގޮތުގައި ހޮވިފައިވަނީ2051.500  ބިލިޔަން ޑޮލަރް ގެ މާރކެޓް ވެލިއު އަކާއި އެކު ގައި އެވެ. އަމީން އަލް ނަސަރްގެ ސީއީއޯ ކަމުގެ ދަށުން ހިންގަމުން އަންނަ މި ކުންފުންޏާ އެންމެ ގާތުން ވާދަ ކުރަނީ އެޕަލް ކުންފުންޏެއެވެ. ޓިމް ކުކްގެ ސީއީއޯ ކަމުގެ ދަށުން ހިނގަމުން އަންނަ އެޕަލް އަށް މިފަހަރު މާރކެޓް ވެލިއުގެ ގޮތުގައި ލިބިފައިވަނީ 2256 ބިލިޔަން އެމެރިކާ ޑޮލަރެވެ.

3 ވަނަ ލިބިފައިވަނީ 1682 ބިލިއަން ޔޫއެސް ޑޮލަރާއި އެކު ސްޓަޔާ ނަޑޭލާ ހިންގުމާއި ހަވާލުވެ ހުރި ކުންފުނި ކަމުގައިވާ މައިކްރޯސޮފްޓަށެވެ.  ގޫގުލްގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ އެލިޕަބަޓް އަށް 1185 ބިލިއަން ލިބުން އިރު  ޖެފް ބެޒޯސްގެ އެމޭޒަން އަށް ލިބިގެން ގޮސްފައިވަނީ 1643 ބިލިއަން ޑޮލަރެވެ. 6 ވަނަ ލިބިފައިވަނީ މަޝްހޫރު ސޯސަލް މީޑިޔާ ފޭސް ބުކްއަށެވެ. ފޭސް ބުކް އަށް ލިބިފައިވަނީ 598.220 ބިލިއަން ޑޮލަރެވެ.