އެމެރިކާގައި ދެވަނަ އަށް އެންމެ ބޮޑު ބާގާ ޗެއިން ވެންޑީޒް" އިން 20 އަހަރު ފަހުން އަލުން އަނެއްކާ ވެސް އިނގިރޭސި މާކެޓަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.
1969 ވަނަ އަހުރު އުފައްދާފައިވާ ވެންޑީޒް އިން 2001 ވަނަ އަހަރު އިނގިރޭސި ވިލާތް ދޫކޮށްލާފައިވަނީ ކުލި ބޮޑުވެގެންނާއި ވިޔަފާރި ފުޅާކުރަން ހުރި ހުރަސްތަކާ ހެދި ހަރަދު ބޮޑުވެގެންނެވެ. އެމެރިކާގެ އޮހައިއޯ އަށް ނިސްބަތްވާ ވެންޑީޒްގެ މިހާރުވެސް 6800 އަށް ވުރެން ގިނަ އައުޓްލެޓްސް ހުރެއެވެ. ވެންޑީޒް އިން މިފަހަރު ވަނީ އާ ވައްތަރުތަކެއްގެ ބާގާ ތަކެއް ވަނީ ތަޢާރަފު ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ވެޖިޓޭރިއަން ބާގާއެވެ.
ހަތަރެސްކަން ބައްޓަމަށް ހުންނަ ބާގާ އަށް މަޝްހޫރު ކުންފުނިން ނެރުނު ބަޔާނެއްގައި ވެންޑީޒްގެ ފުރަތަމަ އައުޓްލެޓް އަންނަ މަހު ހުޅުވާނީ ރީޑިންގައި ކަމަށެވެ. ޖުމްލަ 400 އައުޓްލެޓް ހުޅުވަން ނިންމާފައިވާ އިރު، ފުރަތަމަ ހުޅުވާ ތަންތަނުގެ ތެރޭގައި ދެން ހިމެނެނީ އޮކްސްފޯޑާއި ސްޓްރެޓްފޯޑެވެ. ވެންޑީޒް އިން އިތުރަށް ހާމަކުރިގޮތުގައި މިފަހަރުގެ އަމާޒަކީ އިނގިރޭސިވިލާތުގެ މާކެޓްގައި ރަސްކަންކުރަމުން އަންނަ އެމެރިކާގެ މެކްޑޮނަލްޑްސް އާއި ބާގާ ކިންގާ އެކު ވަރުގަދަ ވާދަވެރި ކަމެއް އުފެއްދުމެވެ. އިނގިރޭސިވިލާތުގައި ހިންގާ މެކްނޮޑަލްޑްސްގެ އައުޓްލެޓްތަކުގެ އަދަދު 1،300 އަށް އަރަ އެވެ. އަދި ބާގާ ކިންގްގެ އައުޓްލެޓްތަކުގެ އަދަދަކީ 500 އެވެ. ވެންޑީޒް އިން އިތުރަށް ހާމަ ކުރި ގޮތުގައި ވެންޑީޒް ގެ އައުޓްލެޓްތައް ހުޅުވުމާއި އެކު އިނގިރޭސި ވިލާތުގައި 12،000 ވަޒީފާ ވެސް އުފެދިގެން ދާނެ ކަމަށެވެ. އެގޮތުން ކޮންމެ އައުޓްލެޓެއްގައި މަދުވެގެން 30-50 ވަރަކަށް މުވައްޒަފުން މަސައްކަތްކުރާނެ ކަމަށްށެވެ.
ވެންޑީޒްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އަބިގައިލް ޕްރިންގްލް ވިދާޅުވީ އިނގިރޭސި މާކެޓަށް އަލުން ނިންމި މި ދަނޑިވަޅަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށްވާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނި އަލުން ނުކުތުމާ އެކު ބާގާގެ ވިޔަފާރީގައި އިތުރު ވާދަވެރި ކަމެއް އުފެދި، ވިޔަފާރި ފުޅާވާން ވެސް ފަށާނެއެވެ.
"ހަމަމިއާ އެކު އަހަރެމެން އިނގިރޭސިވިލާތަށް އެނބުރި އައުމަކީ މުޅި ޔޫރަޕަށް ވިޔަފާރި ފުޅާކުރަން ވެސް ހުޅުވޭނެ ބޮޑު ދޮރަކަށް ވާނެ." އޭނާ ވިދާޅުވި އެވެ
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން