ތިބާގެ ހިތަކީ ކޮންމެ ދުވަހަކު ގާތްގަނޑަކަށް 100،000 ފަހަރު ތެޅެ، ތިބާ އަށް ދިރިހުރެވޭ އަޖައިބު ކުރުވަނިވި ގުނަވަނެކެވެ. ވަކި ތަކެތި ކެއުމުން ހިތް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭއިރު އެހެން ކާނާ ކެއުމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އިތުރުވެދާނެ އެވެ.ހިތުގެ ސިއްހަތަށްޓަކާއި ވަކި ކާނާތަކެއް ކެއުމުން ދުރުހެލިވާން ޖެހޭ ކަމަށް ކާޑިއޮލޮޖިސްޓުން އެއްބަސްވެ އެވެ. އެއީ ދޭތެރެ ދޭތެރެއިން ޓްރީޓެއްގެ ގޮތުގައި މި ތަކެތި ކެއުމުގެ ހިތްހަމަޖެހުން ނުހޯދާށޭއެއް ނޫނެވެ. ނަމަވެސް އެއީ ގަވާއިދުން ކެއުމުގެ ބައެއްގެ ގޮތުގައި ބޭނުން ކުރުން ރަނގަޅު ކާނާ އެއް ނުވާނެވެ. އެ ގޮތުން ހިތުގެ ބަޔަށް ހާއްސަ ޑޮކްޓަރުން ވަނީ ވަކި ކާނާތަކެއް އާންމުކޮށް ކެއުމުން ދުރުހެލިވުމަށް ނަސޭހަތްތެރި ވެފައިއެވެ. 

ރަތް މަސް (ބައެއް“ހުދު މަސް” ހިމެނޭ ގޮތަށް):-

ބީފް، ވީލް، އަދި ލެމްބް ފަދަ ރަތް މަސްތަކުގައި ކޮލެސްޓްރޯލް އާއި ސެޗުރޭޓެޑް ފެޓް ގިނައިން ހުރެއެވެ. އެހެންކަމުން ޖޫސީ ޓީ ބޯން ސްޓޭކެއް އާންމުކޮށް ކެއުމުގައި ބޭނުންކުރުމުގެ ކުރިން ރަތް މަހުގައި ހިމެނޭ ޖަނަވާރުގެ ސަރުބީ އަކީ ހާއްސަކޮށް ހިތާއި ލޭހޮޅިތަކަށް ނުރައްކާތެރި އެއްޗެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭއެވެ. 

ހަށިގަނޑަށް ޕްރޮޓީން ބޭނުންވާއިރު، ކުކުޅު، ޓާކީ، މަސް، އަދި ކަނޑުމަހުގެ ބާވަތްތައް ހިމެނޭ ގޮތަށް ހިތަށް ފައިދާހުރި ޕްރޮޓީން މަސްދަރުތައް އިތުރަށް ހޮވުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި އެންމެ ރަނގަޅީ ޖަނަވާރުގެ ޕްރޮޓީންގެ ބަދަލުގައި ޓޯފޫ، ލެންޓިލްސް، ޗިކްޕީސް، ނުވަތަ ބްލެކް ބީންސް ފަދަ ގަސްގަހާގެހިން އުފައްދާ ޕްރޮޓީންތައް ބޭނުންކުރުމެވެ.   އަދިވެސް ރަތް މަހަށް ބޭނުން ކުރާ ހިތްވާނަމަ ދޭތެރެ ދޭތެރެއިން ސްޓޭކް ނުވަތަ ޗޮޕް އެއް ކާލުން އެއީ ކުރެވިދާނެ ކަމަކެވެ. ނަމަވެސް އެއީ އާންމު ކަމަކަށް ނުހަދާށެވެ. 

ބެކަން، ސޮސެޖް އަދި އެހެނިހެން ޕްރޮސެސްޑް މީޓްސް:- 

މިދުވަސްވަރު ހުރިހާ ތަނެއްގައި ވެސް ބޭކަން ވަނީ އާންމުވެފައި އެވެ. އެ ގޮތުން ނާސްތާ ޕްލޭޓެއްގައި ސައިޑް އޯޑަރެއް، ޗީޒްބަރގަރަކަށް އިތުރުކޮށްފައި ހުރުމެވެ. އެއީ ކެއުންތަކުގައި އެހާ އާންމު އެއްޗަކަށް ވާތީ އެ ސަރުބީތަކުގެ އުފާ ހޯދުމަކީ އޯކޭ ކަމެއް ކަމަށް ހީވެދާނެ:-

ނަމަވެސް ހަގީގަތަކީ ބެކަންގައި ސެޗުރޭޓެޑް ފެޓް  ހުރުމާއި އެކު ގިނަ އަދަދަކަށް ސޯޑިއަމް ހިމެނޭއިރު، މި ދެ ބާވަތަކީ ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ އިތުރުވުމާ ގުޅުން ހުރި ދެ މާއްދާއެވެ.  ފްރެންކްފަރޓަރސް އާއި ސަލާމީ، ހެމް، އަދި ޕަސްޓްރާމީ ފަދަ ޑެލީ މީޓްސް ވެސް ހަމަ އެގޮތެވެ. އެހެންކަމުން، އެ ބެކަން އާއި ބިސް ނާސްތާ އެންމެ ކުޑަމިނުން ބެހެއްޓުމަށްފަހު، މަދުމަދުން ހޮޓް ޑޮގް އިން އުފާ ހޯދާށެވެ. އެކަމަކު ގަވާއިދުން ކަމުދާނެ މަސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ސިއްހަތަށް ފައިދާހުރި ގޮތްތަކުގައި ހިފަހައްޓާށެވެ. 

ފްރެންޗް ފްރައިސް އާއި އެހެނިހެން ފްރައިޑް ކާނާ:-

ލޮނުގަނޑުގައި ފޮރުވާފައި ކެޗަޕްގައި ފޮރުވާފައި ހުންނަ އެ މީރު، ޑީޕް ފްރައިޑް ޕޮޓޭޓޯ ސްޓިކްސް އަށް ލޯބި ނުކުރަންވީ ކޮން އެއްޗެއް ހެއްޔެވެ؟ ކާޑިއޮލޮޖިސްޓުން އެއާއި ދުރު ވާންވީ ހުރިހާ ސަބަބެއް ކިޔާ ދީފައެވެ.

ފްރެންޗް ފްރައިސް އާއި ހުރިހާ ފްރައިޑް ކާނާއެއްގައި ސެޗުރޭޓެޑް ފެޓް އާއި ޓްރާންސް ފެޓްސް ގިނައިން ހުންނައިރު، މިއީ ހިތުގެ ސިއްހަތަށް ހާއްސަކޮށް ނުރައްކާތެރ ދެ ވައްތަރެއްގެ ފެޓް އެވެ. ހަމައެއާއެކު ފްރައިސްގައި ލޮނު ވެސް ހިމެނޭއިރު، މިއީ ކާޑިއޯ ވެސްކިއުލަރ ސިއްހަތަށް އޮތް އަނެއް ނުރައްކަލެކެވެ.

ދެން ފްރައިސް ކާ ހިތް ވުމުން ޑީޕް ފްރައިޑް އަލްޓަނޭޓިވް އަށް ވުރެ، އަލުވި ކޮށާ، ޒައިތޫނި ތެލުގައި ކުޑަ ވަގުތުކޮޅަށް ތެއްލުމަށް ފަހު  "އަވަނުގައި ފިހެފައިވާ ފްރައިސް" ތައްޔާރު ކުރުމަށް އިޚްތިޔާރު ކުރާށެވެ. ހަމައެފަދައިން އެ ފްރައިޑް ޗިކަން ސެންޑްވިޗް ދޫކޮށްލާފައި އޭގެ ބަދަލުގައި ގްރިލްޑް ޗިކަންގެ އަޖައިބު ކުރުވަނިވި ރަހަތައް ޓްރައި ކޮށްލާށެވެ.

ފުލް ފެޓް ޑެއިރީ ޕްރޮޑަކްޓްސް:-

ޑެއިރީ އަކީ ބެލެންސްޑް ޑައިޓެއްގެ މުހިންމު ބައެކެވެ. އެކަމަކު ހިތުގެ ފައިދާއަށްޓަކައި އެންމެ ރަނގަޅީ “މުޅި” ވާޝަންތައް ދޫކޮށްލުމެވެ. އޭގެ ބަދަލުގައި ލޯ ފެޓް ކިރު، ޔޯގަޓް، އަދި ޗީޒް ބޭނުންކުރުމުން ޖުމްލަ ފެޓް އެތެރެވާ މިންވަރު މަދުކޮށް، އަދިވެސް މި ކިރު އުފެއްދުންތަކުން ލިބޭ ފައިދާތައް ލިބިގެންދެއެވެ. އާދައިގެ ކިރުގެ ބަދަލުގައި އަލްމަންޑް ނުވަތަ އޯޓް ކިރު ވެސް ޓްރައިކޮށްލެވިދާނެ އެވެ. މި އުފެއްދުންތަކުން މީރު ރަހައެއް ލިބިފައިވާ ކިރުގެ ކްރީމީ ޓެކްސްޗާއެއް ހުރި ނަމަވެސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ޖަނަވާރުގެ ސަރުބީގެ ތެރެއިން އެއްވެސް އެއްޗެއް ނުހުރެއެވެ. 

ފިހެފައިވާ ތަކެތި، ކުކީސް، އަދި ޕޭސްޓްރީ:-

މީރު ރަހައެއް ލިބިދާނެ ނަމަވެސް، ބްރެޑް، ކުކީސް އަދި ފިހެފައިވާ ފޮނި ތަކެތީ ގައި ހަކުރު އާއި ސަރުބީގެ މިންވަރު ގިނަ އެވެ. ދޭތެރެ ދޭތެރެއިން މިތަކެތި އުފާކުރެވުނު ނަމަވެސް، މިއީ ކެއުމުގައި ގަވާއިދުން ބޭނުންކުރާ އެއްޗަކަށް ނުހެދުމަކީ އެންމެ ރަނގަޅު ގޮތެވެ. އޭގެ ބަދަލުގައި ފޮނި އެއްޗަކަށް ލޯބިކުރާއިރު މޭވާ އާއި ނަޓްސް ފަދަ ސިއްހަތަށް ފައިދާހުރި ޓްރީޓްތައް ހޮވައި، އެ ފެންސީ ޕޭސްޓްރީ ނުވަތަ ބެކަރީ ކުކީސް އިން އުފާ ހޯދާނީ ހަމައެކަނި މަދުމަދުން ކުރާ ކަމެއްގެ ގޮތުގައި ބެހެއްޓުން އެއީ އެންމެ ރަނގަޅު ގޮތެވެ. 

 

ކާނާ ހޮވުމުގައި ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ނިއުޓްރިޝަނަލް ކާނާތަކަށް ފޯކަސްކޮށް، ހިތުގެ މަސައްކަތް ނުކުރެވޭނެ ކާނާތަކުން ދުރުހެލިވުމަކީ ވިސްނާލުން މުހިންމުކަމެކެވެ.