އިންސާނާއަށް ލިބިފައިވާ ތަނަވަސްކަމާއި މުދާވެރިކަމަކީ އެއިން ހޭދަކުރުން ވާޖިބު އެއްޗެކެވެ. ނަމަވެސް އަހަރެމެންގެ މުޖުތަމައުގައި މުއްބާރު މީހުން ކިތަންމެހާވެސް ގިނައެވެ. މާލީ ފައިދާއެއް ނުވާ ކަމެއްގައި ވަކި ލާރިއެއްވެސް ހޭދަނުކުރާ މީހުން ގިނައެވެ. ނަމަވެސް ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި މުދަލުން ހޭދަކުރުމާއި، އެކަމުގެ އަޖުރާއި ހޭދަ ނުކުރާ މީހުންނަށް ހުރި ގެއްލުމާއި ހަލާކުގެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. މި ލިޔުމުގައި މިފަދަ ބައެއް އާޔަތްތަކާއި އެ އާޔަތްތަކުގެ މާނަ ހިމަނާލާނަމެވެ.
﴿19﴾ وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ
އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حق އެއްވެއެވެ. (އައްދާރިޔަ 19)
﴿24﴾ وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ ﴿25﴾ لِّلسَّائِلِ وَالْمَحْرُومِ
އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ. (އަލް މަޢާރިޖް 24، 25)
﴿60﴾ ۞ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ
ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. (އައްތައުބާ 60)
﴿254﴾ يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ ۗ وَالْكَافِرُونَ هُمُ الظَّالِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެ ދުވަހުގައި ވިޔަފާރި ކުރުމެއް (އެބަހީ: فدية ދީގެން ސަލާމަތްވާނެ މަގެއް) ނުވެއެވެ. އަދި، (މަންފާޔެއް ކޮށްދެނިވި) رحمة ތެރިކަމެއްވެސް ނުވެއެވެ. އަދި، (އެކަލާނގެ إذن ފުޅުން މެނުވީ) شفاعة ތެރިކަމެއްވެސް ނުމެވޭމެއެވެ. كافر ންނަކީ ހަމަ އަނިޔާވެރިންނެވެ. (އަލް ބަޤަރާ 254)
﴿262﴾ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ ثُمَّ لَا يُتْبِعُونَ مَا أَنفَقُوا مَنًّا وَلَا أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. (އަލް ބަޤަރާ 262)
﴿265﴾ وَمَثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِّنْ أَنفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِن لَّمْ يُصِبْهَا وَابِلٌ فَطَلٌّ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقين ކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (އަލް ބަޤަރާ 265)
﴿274﴾ الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
އެއުރެންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެއުރެން ނުމެވޭމެއެވެ. (އަލް ބަޤަރާ 274)
﴿38﴾ هَا أَنتُمْ هَٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم
އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. اللَّه ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ ފަރާތުންނެވެ. اللَّه އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި فقير ންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ. (މުޙަންމަދު 38)
މި އާޔަތްތަކުގެ މާނައިގައި ނޭނގި އޮޅުން އަރާ ހަމަ އެއްމެ ކަމެއްވެސް ނެތެވެ. ސާފު ސީދާކޮށް ބަޔާންވެގެން އެވަނީ މުދަލުން ހޭދަކުރަންޖެހޭނޭ ކަމެކެވެ. އަދި ހޭދަކުރުމަކީ އެކަމުގައި ގެއްލުމެއް އަދި މަދުވުމެއް އެކުލެވިގެން ވާނޭ ކަމެއް ނޫންކަން އެނގެއެވެ. ކަން އޮތީ މިހެން ކަމުން އަހަރެމެން އެންމެންނީ އެމީހަކަށް ވީ ވަރަކުން ހޭދަކުރަންޖެހޭނޭ އަދި ހޭދަކުރުމުގެ ޝައުގާއި ލޯބި ހުންނަ ބަޔަކަށް ވާން ޖެހެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން