އަހަރެމެން މުސްލިމުންނަށްވީ ހިނދު، އަހަރެމެންނީ އަހަރެމެންގެ އަޅުކަންތަކުގައި ވަރަށްވެސް އިޙްލާސްތެރިބައެކެވެ. ނުވަތަ އިޙްލާސްތެރިވާން ޖެހޭނޭ ބައެކެވެ. އެގޮތުން ބަރަކާތްތެރި ރަމަޟާން މަހާއި ގުޅިގެން، މި މަހުގެ ރޯދަ ގެއްލޭނޭ ކަންކަމާއި ރޯދަ ނުގެއްލޭނޭ ކަންކަން އަހަރެމެން ހޯދާ އެނގި ތިބެމެވެ. ބައެއް ކަންކަމަކީ އެކަންކަމުގައި ޢިލްމުވެރިންގެ މެދުގައި ހިލާފުވެސް ހުރި ކަންކަމެވެ. ކޮންމެ އަކަސް މި ލިޔުމުގައި މި ހިމަނާލަނީ ދީނުގެ މަޝްހޫރު ބޮޑެތި އިލްވުވެރިންނާއި ބައެއް ފަތުވާ ކޮމިޓީތަކުން ރޯދަ ގެއްލޭނެ ނުވަތަ ނުގެއްލޭނޭ ކަންކަން ފާހަގަ ކޮށްފައިވާ ބައެއް ކަންތައް ތަކަށެވެ.
ސިއްހީ ދާއިރާގައި ދޭ ބައެއް ފަރުވާތަކުގެ ސަބަބުން، ރޯދަ ގެއްލިދާނޭތޯ މިއީ ބައެއްމީހުން ކުރާ ސުވާލު ތަކެކެވެ. އަދި ބައެއް ފަރުވާ ހޯދުމުގައި ރޯދަމަހު، އިންކާރު ކުރެވޭތަންވެސް އާދެއެވެ. އެހެންކަމުން، ރޯދަ އަށް ހުރެ ކުރާ ބައެއް ފަރުވާތަކުން ރޯދަ ގެއްލިދާ ނުވަތަ ރޯދަ ނުގެއްލޭނޭ ބައެއް ފަރުވާތަކަށެވެ. މި ލިޔުމުގައި ހުރިހާ ފަރުވާތަކެސްގެ ތަފްސީލު ނުހިމެނިދާނެއެވެ.
ރޯދައަށް ހުރެ، ގުޅަ ބޭސް އަދި ދިޔާ ބޭސް ބޭނުން ކުރުމަކީ ރޯދަ ގެއްލޭނޭ ކަމެއްކަމާއި ދެމު ޝައްކު ކުރާނޭ މީހަކު ނުހުންނާނެއެވެ. ނަމަވެސް އިންޖެކްޝަން ޖެހުމާއި މެދު ބައެއް އާންމުންގެ ކަންބޮޑުވުން ހުރެއެވެ. "ޕާމަނަންޓް ކޮމިޓީ ފޯރ ސްކޮލާލީ ރިސާޗް އެންޑް އިފްތާ" ފަތުވާ ކޮމިޓީން އެމީހުންގެ ފަތުވާގެ 10 ވަނަ އަދަދުގެ ނަމްބަރު 517ގައި ބުނެފައިވަނީ މަސްގަނޑަށް ޖަހާ އިންޖެކްޝަން ތަކާއި ހަންގަނޑަށް ޖަހާ އިންޖެކްޝަންތާއި ދެހަން ދޭތެރެއަަށްޖަހާ އިންޖެކްޝަންތަކާއި އަދި ނާރަށް ޖަހާ އިންޖެކްޝަންތަކުގެ ތެރެއިން ރޯދަ ގެއްލޭނީ ހަމަ އެކަނި އޭގެ ސަބަބުން ހަށިގަނޑަަށް ނިއުޓްރިއަންޓްސް ލިއްބައިދޭ އިންޖެކްޝަން ތަކެވެ. އެނޫން އެއްވެސް އިންޖެކްޝަނަކުން ރޯދައެއް ނުގެއްލޭނެއެވެ. މިސާލަކަށް ތަދުކަނޑާ އިންޖެކްޝަނާއި ވެކްސިނާއި އެންޓިބައޮޓިކްސް ހިމެނެއެވެ. މިފަދަ ބޭސްތައް ޑަކްޓަރު ކުރެން އަހާ އޮޅުން ފިލުވިދާނެއެވެ.
ފަތުވާ އަލް ހާރޫނުލް އިސްލާމް ގެ އަދަދު 021 ގެ ސަފްހާ 658ގައި ޝައިޙް މުޙައްމަދު ބިން ޞާލިޙް އަލް އުތައިމީން ލިޔުއްވާފައިވަނީ ރޯދައަށް ހުރެ ގުޅާ އައިވީތަކުން، ރޯދަ ގެއްލޭނީ އެ އައިވީއަކުން ހަށިގަނޑަށް ބޭނުންވާ އަސާސީ މާއްދާއެއް ފޯރުކޮށްދޭ އައިވީއަކުން އެކަނި ކަމަށެވެ. ނިއުޓްރިއަންޓްސް އޭ ކިޔާ މާއްދާތަަށް ހިމެނޭ އައިވީތަކެވެ. އެނޫން މާއްދާތައް އެކުލެވޭ އައިވީ އަކީ އެއިން ރޯދަ ގެއްލިދާ އައިވީއެއް ނޫނެވެ. އެހެންކަމުން މިފަދަ އައިވީތަށް ޑަކްޓަރުން ކުރެ އަހާ އޮޅުން ފިލުވާލެވިދާނެއެވެ.
ބޭސް ބޭނުން ކުރެވޭ އަނެެއް ގޮތަކީ ފުރަގަސް ފަރާތަށް ދޭ ބޭސްތަކެވެ. އައްޝަރަހުލް މުމްތީ، (6/381) ގައި އިބްނު އުތައިމީން ވިދާޅުވެފައިވަނީ ފުރަގަސްފަރާތަށް ޖަހާ ބޭސް ގުޅަ އަދި ބޮޑުގުންބާ ދިނުމުގެގޮތުން ފުރަގަސްފަރާތަށް ފޮނުވާލާ ބޭހުގެ ސަބަބުން ރޯދަ ނުގެއްލޭނެކަމަށެވެ. އަދި މިއީ ގިނަ ޢިލްމުވެރިންގެ ރައުޔުކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އާވި އެރުވުމަކީވެސް ބޭސްވެރިކަމުގައި ދެވޭ ފަރުވާއެކެވެ. އާވި އަރުވަނީ ދިޔާ ބޭސްތަކެއް އާވީގެ ގިތުގައި ނޭފަތުން ދަމާ ފުއްޕާމޭގެ ތެރެއަށް ފޮނުވަމުންނެވެ. ކަން އޮތީ މިހެން ކަމުގައި ވަނީނަމަ އާވު އެރުވުމަކުން ރޯދައެއް ނުގެެއްލޭނޭކަމަށް ޢިލްމުވެރިން ވުދާޅުވެއެވެ. ނަމަވެސް ގިނަ ވަހަރަށް އާވި އެރުވަނީ ނޭވާލާން އުނދަގޫވުމާއި ނޭވައި ކުރުވުމާއި ނޭފަތް ބެދުންފަދަ ކަންކަން ހުންނާތީއެވެ. އެހެންކަމުގައި ވަނީނަމަ، މިފަދަ ހާލަތްތަކުގައި އަރާ އާވިތައް ދެމޭނީ ހަމަ އެކަނި ނޭފަތަކުން ނޫނެވެ. އަނަގައިންވެސް ދެމޭނެއެވެ. އަނގައިން ދެމޭ ކަމުގައި ވަނީނަމަ، ފެނުގެ ކުދި ތިކިތަކެއްގެ ސިފައިގައި މި ދިޔަވަރުތައް އަރުތެރެއަށް ދާނެއެވެ. އަދި އަރުތެރެއިން މައިދާއަށްވެސް ދާނެއެވެ. ޑރ ޒާކިރް ނައިކް، މުސްތީ މެންކް ފަދަ ގިނަ ޢިލްމުވެރިން ބުރަވަނީ އާވި އަރުވާނަމަ ރޯދަ ގެއްލޭނޭ ކަމަށެވެ. އަދި ނުގެއްލޭނޭ ކަމަށް ބުނާ ޢިލްމުވެރިންވެސް އުޅެއެވެ.
ރޯދައަށް ހުރެ އިންހޭލާ ބޭނުން ކުރުމުގެ ހުކުމާއި މެދު ފަތުވާ އަލް އަރްކާނުކް އިސްލާމްގެ އަދަދު 021ގެ ސަފްހާ 658ގައި ޝައިހް އުތައިމީން ވިދާޅުވަނީ ރޯދަ އަށް ހުރެ އިންހޭލާ ބޭނުން ކުރުމުން ރޯދަ ނުގެއްލޭނޭ ކަމަށެވެ. ސަބަބަކީ އޭގައި އެ ހުންނަ ބޭސް ތަކަކީ ވަރަށް ފަސޭހައިން އާތްވަށް ބަދަލުގެ ފެނުގެ ތަސީރު ނެތިދާ އެއްޗެކެވެ. އެހެންކަމުން އަރުތެރެއިން މައިދާއަށް ފެނުގެ ތާސީރުގެ އަސަރެއް ނުކުރާނެއެވެ.
އޮކްސިޖަން ބޭނުން ކުރުމާއި މެދުވެސް ބައެއް އާންމުން ސުވާލު އުފައްދައެވެ. މިކަމަށް އަލް އަޒްހަރް ޔުނިވާސިޓީގެ ޕްރޮފެސާރ ޑރ. މުޙައްމަދު އަބޫ ލައިލާ ވިދާޅުވަނީ، އޮކްސިޖަން މާސްކުން ނުވަތަ ނޭފަތަށް ގުޅާ ހޮޅިން އޮކްސިޖަން ދިނުމަކީ ރޯދަ ގެއްލޭނޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭނާ އިތުރަށް ވިދާޅުވަނީ އޮކްސިޖަން ބޭނުން ކުރަން އާންމުގޮތެއްގައި ޖެހެނީ ހާލު ބޮޑުވުންކަމަށެވެ. އެހެންކަމުގައި ވާނަމަ، ރޯދައަށް ހުރުމުން ބަލިމީހާއަށް ގެއްލުން ވެދާނޭ ކަމުގެ ފުރުސަތު އޮންނަ ނަމަ ރޯދަ ދޫކޮށްލުން ރަނގެވެ. އޭގެ ބަދަލުގައި ފަހުން ޤަޟާ އަށް ރޯދައެއް ހިފިދާނެއެވެ. ނުވަތަ ފިދްޔަ ދޭނީއެވެ. ފިދްޔަ ދޭނީ ބަލި ރަނގަޅުވާނޭ ކަމުގެ އުންމީދު ނުވާ ބަލި މީހާއެވެ.
އުނގުޅާ ބޭހަކީވެސް ފަރުމާ ކުރުމުގައި ބޭނުން ކުރާ ބާވަތެކެވެ. ބޭސް އުނގުޅައިގެން އެއްވެސް ހާލެއްގައި ރޯދަ ނުގެއްލޭނޭ ކަމަށް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ފަރުވާ ކުރުމުގައި ދެން ބޭނުން ކުރާ އަނެއް ވައްތަރަކީ ތިކި އަޅައިގެން ދޭ ފަރުވާއެވެ. އެގޮތުން ލޮލަށް އަޅާ ބޭސް އެޅުމުން ރޯދަ ނުގެއްލޭނޭ ކަމަށް ޝައިހް އުތައިމީން، ފަތްވާ އަރްކާނުލް އިސްލާމްގެ އަދަދު 02 ގެ ސަފްހާ 662 ގައި ބަޔާންކޮށްފައި ވެއެވެ. ސަބަބަކަށް ވަނީ ލޮލަކީ ސީދާ މައިދާއަށް ގުޅިފައިވާ ގުނަވަނަކަށް ނުވާތީ ކަމަށް އެ ފަތުވާގައި ވެއެވެ. ކަންފަތަށް އަޅާ ބޭސް ނުވަތަ ތިކީގެ ހުކުމަކީވެސް ހަމަ މި ހުކުމް ކަމުގައި އެ ފަތުވާގައި އައިސްފައި ވެއެވެ.
ނަމަވެސް ނޭފަތަށް އަޅާ ބޭސް ނުވަތަ ތިއްކަކީ އޭގެ ސަބަބުން ރޯދަ ގެއްލޭނޭ އެއްޗެއްކަމަށް ޝައިޙް ޢަބްދުލް ޢަޒީޒް އިބްން ބާޒްގެ ފަތުވާގެ އަދަދު 15ގެ ބާބު 15ގެ ސަފްހާ 261ގައި އައިސްފައި ވެއެވެ. ސަބަބެއް ކަމަށް ބަޔާން ކުރައްވާފައި ވަނީ ނޭފަތަށް އެޅޭ ތިކި، އަރުތެރެއިން މައިދާއާއި ހިސާބަށް ފޯރާނެތީއެވެ. ހަމަ އެއާއި އެކު އެ ފަތުވާގައި، އެ ތިކީގެ އަސަރު އަރުތެރެއިން މައިދާއާއި ހިސާބަށް ނުފޯރައިފި ނަމަ ރޯދަ ނުގެއްލޭނޭ ކަމަށްވެސް ބަޔާންވެފައި ވެއެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ ގެއްލޭނޭ ކަމަށެވެ. އެކަމަށް ދަލީލުދޭ ކަމަށް އެ ފަތުވާގައި ބަޔާން ކުރައްވާފައި ވަނީ ރޯދަ އަށް ހުރެ އިސްތިންޝާގް (ވުޟޫ ކުރާއިރު ނޭފަތަށް ފެންފޮދެއް ލުމަށްފަހު ނޭފަތް ފޮޅާލާ ސާފުކޮށްލާ ކޮށްލުމެއް) ކުރުން ރަސޫލާ މަނާކުރައްވާފައިވާ ވުމެވެ.
އަދިވެސް މި މައުޟޫޢުގައި ވާހަގަ ދެއްކޭނޭ ކިތައްމެ ކަމެއް ހުންނާނެއެވެ. ނަމަވެސް މި ފާހަގަ ކުރެވުނީ އާންމުކޮށް ކުރެވޭ ފަރުވާތަކާއި ދެވޭ ބޭސްތަކުގެ މަގުތަކުން ރޯދައަށް ކުރާ އަސަރުތަކުގެ މައްޗަށް އެކި އެކި ދީނީ ޢިލްމުވެރިންނާއި ފަތުވާ ކޮމިޓީ ތަކުގެ ފަތުވާ ތަކުގެ މައްޗަށެވެ. މިއީ މުސްލިމު ތަކުންނަށް ފައިދާ ކުރާނޭ ލިޔުއްމެއް ކަމުގައި ގަބޫލުކުރަމެވެ. މި ލިޔުމުގައި ކުށެއް ވާނަމަ އެއީ ގޯހެކެވެ. އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ.
ހަވާލާ: ޢަބީދް އަލީ 2022
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން