މިސްކަތްތަކަކީ އަހަރެމެންގެ ލޯ މަތީގައި ވަރަށްވެސް ގިނައިން މިއަދު ފެންނާން ހުރި ބިނާ ތަކެކެވެ. މާލޭގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް މިސްކިތެއް ހުންނާނެއެވެ. ރާއްޖޭގެ ރަށްތަކުގައިވެސް، ގިނަ ރަށްތަކުގައި މަދުވެގެން، ދެ މިސްކިތް ހުރެއެވެ. މިސްކިތްތައް މިހެން ހުރި ނަމަވެސް، ހިތާމައަކީ މިސްކިތްތަކަށް އަހަރެމެންނަށް ނޭރޭކެމެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައ މިސްކިތްތަކުގެ ފުރަތަމަ ސަފުވެސް ފުރެނީ މަދު ފަހަރެއްގައެވެ. މި ލިޔުމުގައި މި ބަލާލަނީ ކީރިތި ޤުރުއާނުގައި މިސްކިތްތަކާއި ބެހޭގޮތުން މާތް ﷲ ވަޙީ ކުރައްވާފައިވާ ބައެއް އާޔަތްތަކަށެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿18﴾ وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا. މާނައީ: އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!. (އަލް ޖިންނި 18 ވަނަ އާޔަތް)
﴿114﴾ وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ. މާނައީ: اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ. (އަލް ބަޤަރާ 114 ވަނަ އާޔަތް)
﴿17﴾ مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَىٰ أَنفُسِهِم بِالْكُفْرِ ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ. މާނައީ: އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް كافر ކަމަށް ހެކިވެތިބި حال ގައި، اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، مشرك ންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ. (އައްތައުބާ 17 ވަނަ އާޔަތް)
﴿18﴾ إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ. މާނައީ: اللَّه ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، ނަމާދު قائم ކޮށް، زكاة ދީ، اللَّه އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ. (އައްތައުބާ 18 ވަނަ އާޔަތް)
އަދިވެސް އެތައް ތަނެއްގައި މިސްކިތްތަކުގެ ވާހަކަ މާތް ﷲ ވަނީ ވަޙީ ކުރައްވާފައެވެ. މި އާޔަތްތަކުންވެސް މިސްކިތްތަކާއި ބެހޭ އަސާސީ ބައެއް ޝަރުއީ ކަންކަން އަހަރެމެންނަށް އެނގެން އެބަ އޮތެވެ. އާޔަތްތަކުގެ މާނައިގައި އޮޅުމެއް ނެތެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ނޫނީ އެއްޗެއް ދޭހައެއް ނުވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން