ހިތަށް އަސަރުކުރާ ހަގީގީ ވާހަކައެއް... މިއީ ރަޝީދު ކިޔާ މީހެއްގެ ހަގީގީ ވާހަކައެކެވެ. އޭނާގެ ވާހަކަ ކިޔައިދެނީ މިގޮތަށެވެ...

އަހަރެންގެ އަންހެނުން އަހަރެންގެ ފުރަތަމަ ދަރިފުޅު ވިހެއިއިރު އަހަރެންގެ އުމުރުން ތިރީސް އަހަރަށްވުރެ ގިނައެއް ނޫނެވެ. އެރޭ އަދިވެސް ހަނދާން އެބަހުއްޓެވެ. އަހަރެން އުޅުނީ ބޭރުގައެވެ.

އަހަރެންގެ ކޮންމެރެއެއްގެ އާދަ ފަދައިން އަހަރެންގެ ރައްޓެހިންނާއެކު މުޅި ރޭ އުޅުނީމެވެ. އެއީ ...ބޭކާރު ވާހަކަތައް ދެއްކުމުގައި އަދި އެހެންމީހުންގެ ނުބައިވާހަކަ ދެއްކުމާއި، މީހުންނަށް މަލާމާތް ކުރުމުގައި އާަދައިގެ މަތިން އުޅުނީމެވެ.. 

އަހަރެން ގެ އާދައަކީ ގިނައިން މީހުން ހެއްވުމެވެ؛ އަހަރެން އެހެން މީހުންނަށް މަލާމާތް ކުރާއިރު އަހަރެންގެ ރައްޓެހިން އަޑުން އަޑުނަގައި ހޭންތިބެއެވެ. އަހަރެން ހަނދާން އެބަހުރި އެރޭ އަހަރެން އެމީހުން ވަރަށް ހެއްވާލިކަން. އަހަރެންގެ ކިބައިގައި އެހެން މީހުންނަށް ނަކަލު ކުރުމުގެ އަޖައިބު ކުރުވަނިވި ޤާބިލުކަމެއް ހުރެއެވެ. އަހަރެން މަލާމާތްކުރާ މީހާއާ ސީދާ އެއްއަޑު ނެރެގެން ނަކަލު ކުރެވެންދެން އަހަރެންގެ އަޑު ބަދަލުކުރަމެވެ. އަހަރެންގެ މަލާމާތުން އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. އަހަރެންގެ ބައެއް ރައްޓެހިން ވެސް؛ ބައެއް މީހުން އަހަރެންނާ ދުރުހެލިވާން ފެށީ ހަމައެކަނި އަހަރެންގެ ދުލުން ރައްކާތެރިވުމަށްޓަކައެވެ. 

އެރޭގެ މަތިން އަހަރެން ހަނދާން އެބަހުއްޓެވެ. އަހަރެން މާރުކޭޓުގައި ސަލާންޖަހަން އުޅުނުލޯފަން މީހަކަށް ވަރަށް މަލާމާތް ކުރީމެވެ. އަދި އެވަރު ނުވެގެން އަހަރެންގެ ފައިގައި އޭނާ އަޅުވާ ވައްޓާލީމެވެ.. ...އަހަރެންގެ ގެއަށް އާދައިގެ މަތިން ލަސްކޮށްފައި ދިޔައިރު، އަހަރެންގެ އަންހެނުން އަހަރެންގެ އިންތިޒާރުގައި ހުއްޓާ ފެނުނެވެ. ބިރުގަނެފައި ހުރެ، ތުރުތުރުއަޅާ އަޑަކުން “ރާޝިދް.. ކޮންތާކުން ތިއައީ؟” “އަހަރެން ކޮންތާކުން ތަ އަންނާނީ، ޖައްވުން މިއައީ؟” އަހަރެން މަލާމާތުގެ ގޮތަކަށް ބުނީމެވެ، “އަހަރެންގެ ރައްޓެހިންނާ އެކު އުޅެފަމިއައީ.” ފެންނަ ފެނުމުގައި ވަރުބަލިވެފައި ހުރިއިރު، ކަރުނަތައް ހިފަހައްޓައިގެން ހުރެ ޝަބާނާ ބުނީ، “ރާޝިދް އަހަރެން ވަރަށް ވަރުބަލި. ހީވަނީ ބޭބީ އަންނަން އުޅޭހެން.” ހިމޭން ކަރުނައެއް އޭނަގެ ކޯތާފަތަށް ވެއްޓުނެވެ.

 އަހަރެންގެ އަންހެނުންނަށް އިހުމާލުވި ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. އަހަރެން އޭނަ ބަލަހައްޓަންވީ އަދި އެންމެ އަޅާލުންދޭންވީ ވަގުތު އަހަރެން ހޭދަކުރީ ގިނައިން ބޭރުގައެވެ.. ހާއްސަކޮށް އޭނަގެ ނުވަވަނަ މަހު ވެސް އެއްވެސް އަޅާލުމެއް އަހަންނަކަށް ނުދެވުނެވެ.. 

އަހަރެން އަވަސް އަވަހަށް އަންހެނުން ހޮސްޕިޓަލަށް ގެންދިޔައީމެވެ؛ ވިއްސާ ކޮޓަރިއަށް އަންހެނުން ވެއްދުމުން އޭނާ ވޭނުގައި ތަހައްމަލު ކުރީ ގިނަ ވަގުތުތަކެކެވެ. އަހަރެން ކެތްތެރިކަމާއެކު އިންތިޒާރުކުރީ އޭނަ ވިހެއުމަށް... އެކަމަކު އޭނަ ވިހެއުން އުނދަގޫ ކަމުން، ވަރުބަލިވެެގެން ގިނައިރު މަޑުނުކުރެވިގެން އަހަރެންގެ ފޯނު ނަންބަރު ހޮސްޕިޓަލުގައި ބާއްވާފައި އަހަރެން ގެއަށް ދިޔައީއެވެ. އެމީހުންނަށް އެ އުފާވެރި ޚަބަރާއެކު ގުޅާލަންދެނެވެ.. 

ގަޑިއެއްހާއިރު ފަހުން އެމީހުން އަހަންނަށް ގުޅީ ސަލީމް އުފަންވުމުން މަރުހަބާ ކިޔުމަށެވެ. އަހަރެން ވަގުތުން ހޮސްޕިޓަލަށް ދިޔައީމެވެ. އަހަރެން ފެނުމާއެކު އަނބިމީހާގެ ވިއްސި ޑޮކްޓަރާއި ބައްދަލު ލުރުމަށް އެމީހުން ބުންޏެވެ. “ކޮން ޑޮކްޓަރެއް؟” އަހަރެން އެހީމެވެ.، “އަހަރެން ހަމައެކަނި ބޭނުންވަނީ އަހަރެންގެ ދަރިފުޅު ސަލީމް ބަލާލަން!” “ފުރަތަމަ ދާންވީ ޑޮކްޓަރަށް ބައްދަލުކުރަން” އެމީހުން ބުންޏެވެ.

އަހަރެން ޑޮކްޓަރަށް ބައްދަލު ކުރުމުން، މިންވަރު ފުޅަށް ކެތްތެރި ވުމާއި ބެހޭގޮތުން، އަދި الله ގެ ޙުކުމްފުޅާމެދު ހިތްހަމަޖެހުމުގެ ވާހަކަ ދައްކަން ފެށިއެވެ. ދެން ޑޮކްޓަރ ވިދާޅުވީ، “ކަލޭގެ ދަރިފުޅުގެ ލޮލުގައި ސީރިއަސް ޑިފޯމިޓީއެއް ހުރި ކަމަށާއި، އެދަރިފުޅުގެ ލޮލަށް ނުފެންނާނެ ކަމަށެވެ.” އަހަރެން ބޯ ތިރިކޮށްލީ ލޮލުން ފޭއްދުނު ކަރުނަތަކާ ހަނގުރާމަކުރަމުންނެވެ.... އަހަރެން ހަނދާންވީ ބާޒާރުގައި އާދޭސް ކުރަމުން ދިޔަ އެ ލޯފަން މީހާ އަށް އަހަރެން ދިން އަނިޔާ އަދި ކުރި މަލާމާތެވެ. ސުބްޙާނަ الله އެމީހަކު ކުރިކަމެއް އެމީހަކަށް ލިބޭނެ! އަހަރެން އިރުކޮޅަކު މަޑުމަޑުން އިސްޖަހާލައިގެން ހުރީމެވެ.. ބުނާނެ އެއްޗެއް ނޭނގުނެވެ. ދެން ހަނދާންވީ އަނބިމީހާއާއި ދަރިފުޅުގެ ފަރާތުންނެވެ.

 އަހަރެން ޑޮކްޓަރުގެ އޯގާތެރިކަަމަށް ޝުކުރު އަދާކޮށް ... އަހަރެން ދިޔައީ އަހަރެންގެ އަންހެނުން ކައިރިއަށެވެ.. އަހަރެންގެ އަންހެނުން ދެރައެއް ނުވެއެވެ. އެކަމަނާ އީމާންވީ الله ގެ އަމުރުފުޅަށް... ޝީ ވޯސް ކޮންޓެންޓް... ކިހާ ގިނައިން އަހަންނަށް ނަސޭހަތްތެރިވެފައި އޮތީ މީހުންނަށް މަލާމާތްކުރުން ހުއްޓާލަން! “ޑޯންޓް ބެކްބައިޓް ޕީޕަލް” އަބަދުވެސް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަހަރެމެން ހޮސްޕިޓަލުން ނުކުމެގެން ދިޔައިރު، ސަލީމް އަހަރެމެންނާއެކު އައެވެ. ހަގީގަތުގައި އަހަރެން އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދެމެވެ. އޭނާ އަހަރެމެންނާއެކު ގޭތެރޭގައި ނެތްކަމަށް ހަދައިގެން އަހަރެން އުޅުނީމެވެ. އޭނާ ބާރަށް ރޯން ފެށުމުން އަހަރެން ސިޓިންރޫމަށް ފިލައިގެން ދުރަށްދަމެވެ.. އަހަރެންގެ އަންހެނުން އޭނާ ރަނގަޅަށް ބެލެހެއްޓި، އަދި އޭނާދެކެ ވަރަށް ލޯބިވިއެވެ. އަމިއްލަ ނަފްސަށް ވިސްނާލާއިރު އަހަރެން އޭނާއަށް ނަފްރަތު ނުކުރި ނަމަވެސް އަހަރެންނަށް އޭނާދެކެ ލޯބިވެވޭ ގޮތެއް ނުވިއެވެ. 

ސަލީމް ބޮޑުވިއެވެ. އޭނާ ފިރުކެންފެށިއިރު، އުފެދުމުގައި އާދަޔާ ހިލާފު ގޮތެއް ހުއްޓެވެ. ގާތްގަނޑަކަށް އެއް އަހަރު ވީއިރު އޭނާ ހިނގަން މަސައްކަތް ކުރަން ފެށުމުން އަހަރެމެންނަށް އެނގުނީ އޭނާއަކީ ނުކުޅެދޭ ކުއްޖެއްކަމެވެ. އަހަރެންނަށް ހީވީ އޭނާއަކީ އަހަރެންގެ މައްޗަށް އަދި މާ ބޮޑު ބުރައެއްހެންނެވެ.

އޭނާއަށްފަހު އަހަރެންގެ އަންހެނުން އުމަރު އާއި ޚާލިދު ވިހެއެވެ. އަހަރުތައް ފާއިތުވަމުން ގޮސް ސަލީމް ބޮޑުވެ، އޭނާގެ ކޮށްކޮމެން ބޮޑުވަމުން ދިޔައެވެ. އަހަރެން ދުވަހަކުވެސް ގޭގައި މަޑުކޮށްލަން ކަމުނުދާތީ އަބަދުވެސް ރައްޓެހިންނާއެކު ބޭރުގައި އުޅުނީމެވެ... ހަގީގަތުގައި އަހަރެން ހުރީ އެކުވެރިން ގެންގުޅޭ ކުޅޭ ކުޅޭ އެއްޗެއް ފަދައިން [އެމީހުން ބޭނުން ވަގުތެއްގައި މުނިފޫހިފިލުވައިދިނުން]މީހެއްގެ ގޮތުގައެވެ.. އަހަރެންގެ އަންހެނުން ދުވަހަކުވެސް އަހަރެންނަށް ނަސޭހަތް ދިނުން އަދި އިސްލާހު ކުރަން މަސައްކަތް ކުރުން ދޫކޮށްނުލައެވެ. އަހަރެންގެ ހިދާޔަތަށްޓަކައި އަބަދުވެސް ދުޢާ ކުރެއެވެ. އަހަރެންގެ ފަރުވާކުޑަ ސުލޫކާއި މެދު ދުވަހަކުވެސް ރުޅިއެއް ނާންނަ ނަމަވެސް އަހަރެން ސަލީމްއަށް އިހުމާލުވެ އޭނާގެ ބާކީ ކޮއްކޮމެންނަށް ސަމާލުކަން ދޭތަން ފެނިއްޖެނަމަ ހަގީގަތުގައިވެސް ދެރަވާނެއެވެ. 

ސަލީމް ބޮޑުވަމުންއައި ވަރަކަށް އަހަރެންގެ ކަންބޮޑުވުންތައް އޭނާއާއިއެކު ބޮޑުވަމުން އައެވެ.. އަނބިމީހާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ސްކޫލެއްގައި ނަންނޯޓް ކުރަން އެދުމުން އަހަރެން ދެކޮޅެއް ނުހަދަމެވެ. އަހަރެންނަށް ޙަޤީޤަތުގައިވެސް އަހަރުތައް ފާއިތުވަމުން ދިޔަ އިހުސާސެއް ނުކުރެވުނެވެ. އަހަރެންގެ ދުވަސްތައް ހުރިހާ ގޮތަކުންވެސް އެއްގޮތެވެ. މަސައްކަތާއި ނިދުމާއި ކާނާއާއި ރައްޓެހިންނާއެކު ބޭރުގައި އުޅުމެވެ.

އެއްދުވަހެއްގެ ހުކުރު ދުވަހަކު ހެނދުނު 11 ޖަހާއިރު ހޭލެވުނެވެ. މިއީ އަހަންނަށް އަވަސް ވަގުތެކެވެ.. އަހަރެންނަށް ޖަލްސާއަކަށް ދައުވަތު ދިނުމުން އަހަރެން ހެދުން އަޅައިގެން ސެންޓު ޖަހައިގެން، ބޭރަށް ނިކުންނަން އުޅުނީމެވެ. އަހަރެމެންގެ ސިޓިންރޫމް ކައިރިން ދިޔައިރު، ސަލީމް ފެނުމުން ސިއްސައިގެން ދިޔައެވެ – އޭނާ ގިސްލަމުން ދިޔައެވެ! މިއީ ތުއްތު އިރުއްސުރެ ސަލީމް ރޮމުން ދިޔަތަން އަހަންނަށް ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. ދިހަ އަހަރު ފާއިތުވެގެން ދިޔައިރު އަހަރެން އޭނައަށް ސަމާލުކަމެއް ނުދެމެވެ. އަހަރެންމިހުރިހާ ދުވަހު އޭނާއަށް އަޅާ ނުލެވުމުން މިހާރު އޭނާއަށް އަޅާލާން ނުކެރުނީއެވެ.. 

އަހަރެން ކޮޓަރީގައި ހުއްޓާ ސަލީމް މަންމައަށް ގޮވާލި އަޑު އިވުނެވެ. އަހަރެން އޭނާއާ ދިމާއަށް އެނބުރި، ކައިރިއަށް ދިޔައީމެވެ. “ސަލީމް! ކީއްވެ ތި ރޮނީ؟” އަހަރެން އަހާލީމެވެ. އަހަރެންގެ އަޑު އިވުމުން އޭނާ ރުއިން ހުއްޓާލިއެވެ. ދެން އަހަރެން ގާތްކޮަށްލުމުން އޭނާހަމަޖެހުނެވެ.

ފުރަތަމަ އޭނަ ރޮމުން ދިޔައީ ކީއްވެގެން ކަމެއް ކިޔައިދޭން ދެކޮޅު ހެދިއެވެ. އަހަރެން އޭނައާއި މެދު މަޑުމައިތިރިވާން މަސައްކަތް ކުރީމެވެ... ސަލީމް އޭނަ ރޮމުން ދިޔައީ ކީއްވެގެންކަން ކިޔައިދޭން ފެށުމުން އަހަރެން އަޑުއަހަން ހުރެ ތުރުތުރު އަޅަމުން ދިޔައެވެ. ސަބަބަކީ ކޮބައިކަން އެނގޭތަ؟! އޭނާގެ ބޭބެ އުމަރު، ކުރިން އޭނާ މަސްޖިދަށް ގޮވައިގެންދާން އުޅުނު މީހާ ލަސްވީއެވެ. އަދި އެއީ ޖަމާއަތުގެ ނަމާދަކަށް ވާތީ، ފުރަތަމަ ސަފުން ޖާގައެއް ނުލިބިދާނެތީ ސަލީމް ބިރުގަތެވެ. އޭނާ އުމަރަށް ގޮވާލި... އަދި މަންމައަށް ގޮވާލި... އެކަމަކު އެއްވެސް މީހަކު ޖަވާބެއް ނުދިނުމުން އޭނާ ރޮއެގަތެވެ. އަހަރެން އިށީނީ އޭނާގެ ލޯފަން ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަށް ބަލަހައްޓައިގެންނެވެ. އޭނާގެ ބާކީ ހުރި ބަސްތަކަށް އަހަރެންނަށް ކެތް ނުކުރެވުނެވެ. އަހަރެން އޭނާގެ އަނގަމަތީގައި އަތް އަޅުވާލަމުން ބުނީމެވެ، “މިހެންވެ ސަލީމް ތި ރޮމުން ދިޔައީ!” “އާނ” އޭނާ ބުންޏެވެ.... އަހަރެންގެ ރައްޓެހިންގެ މަތިން ހަނދާން ނެތި، މީޓިންގ މަތިން ހަނދާން ނެތިގެން، އަހަރެން ބުނީމެވެ، “ދެރަ ނުވޭ ސަލީމް. މިއަދު މަސްޖިދަށް ގެންދާނީ ކާކުކަން އެނގޭތަ؟” “އުމަރު ހަމަގައިމުވެސް” އޭނާ ބުންޏެވެ، “... އެކަމަކު އަބަދުވެސް ލަސްވެއެވެ.” “ނޫން” އަހަރެން ބުނީމެވެ މިއަދު މަސްޖިދަށް ގެންދާނީ ބައްޕައެވެ. ސަލީމް ސިއްސައިގެން ދިޔައީ... އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ހީކުރީ އަހަރެން އޭނާއަށް ސަމާސާ ކުރަނީ ކަމަށެވެ. އޭނާގެ ކަރުނަތައް ފައިބާ ރޯން ފެށިއެވެ. އަހަރެންގެ އަތުން އޭނާގެ ކަރުނަތައް ފޮހެލުމަށްފަހު އޭނާގެ އަތުގައި ހިފާލީމެވެ. ކާރުގައި އޭނާ މަސްޖިދަށް ގެންދަން ބޭނުންވިއެވެ. އެކަމަށް ދެކޮޅު ހަދައި އޭނާ ބުނީ “މަސްޖިދު ކައިރި... އަހަރެން ބޭނުންވަނީ އެތަނަށް ހިނގާފައިދާން” އާދެ، އެންމެ ފަހުން މަސްޖިދަށް ވަދެވުނީ ކޮން އިރަކު ކަމެއް ހަނދާނެއް ނުވި ނަމަވެސް، ފާއިތުވި ދިގު އަހަރުތަކުގައި އަހަރެން އިހުމާލުވި ކަންކަމާމެދު ބިރުވެރިކަމާއި ހިތާމަވެރިކަން އިހުސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. މަސްޖިދުގައި އަޅުކަންކުރާ މީހުން ފުރިފައިވީނަމަވެސް ފުރަތަމަ ސަފުން ސަލީމަށް ޖާގައެއް ލިބުނެވެ. އަހަރެމެން އެކުގައި ހުކުރު ޚުތުބާ އަޑުއަހައު އޭނާ އަހަރެންގެ ކައިރީގައި ނަމާދު ކުރިއެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ކައިރީގައި ނަމާދު ކުރަމުން ދިޔައީ އަހަރެންނެވެ. 

ނަމާދަށްފަހު ސަލީމް އަހަރެންގެ ގާތުގައި މުސްހަފް އެއް ހޯދުމަށް އެދުނެވެ. އަހަރެން ހައިރާންވީ! އޭނާ ލޯފަން އިރު ކިޔަން އުޅުނީ ކިހިނެއް ހެއްޔެވެ ހިތަށްއަރައެވެ؟ އޭނާގެ އެދުމަށް ކިރިޔާވެސް އަޅާނުލައިފި ނަމަ އޭނާގެ އިހުސާސްތަކަށް އަނިޔާއެއް ލިބިދާނެތީ ބިރުން އޭނާއަށް ސަމާސާ ނުކުރަން ނިންމީމެވެ. އަހަރެން އޭނާއަށް މުސްހަފް އެއް ދިއްކޮށްލީމެވެ. އޭނާ އަހަރެންގެ ގާތުގައި ސޫރަތުލް ކަހްފް އަށް މުސްހަފް ހުޅުވައިދިނުމަށް އެދުނެވެ. އަހަރެން ޞަފްޙާތައް ހުޅުވާލާފައި އިންޑެކްސް ތެރެއިން ބަލަން ފެށީމެވެ. އަހަރެންގެ އަތުން މުސްހަފް ނަގައި، ކުރިމަތީގައި ބަހައްޓައި، ސޫރަތް ކިޔަން ފެށިއެވެ.. ލޯ މަރާލައިގެން... ޔާ الله! މުޅި ސޫރަތު ހިތުދަސްކޮށްފައި އޮތެވެ.

އަހަރެން އަމިއްލަ ނަފްސަށް ލަދުގަތެވެ. އަހަރެން މުސްހަފެއް ނެގީމެވެ... އަހަރެންގެ އަތްފައި ތުރުތުރު އަޅާހެން ހީވިއެވެ.. އަހަރެން ކިޔަވަމުން ކިޔަވަމުން އިނީމެވެ. އަހަރެންނަށް މާފުކޮށްދީ މަގުދައްކައިދިނުމަށް الله ޙަޞްރަތުގައިއެދުނީމެވެ. އަހަންނަށް ކެތް ނުކުރެވިގެން... ކުޑަކުއްޖެއް ފަދައިން ރޯން ފެށީމެވެ. އަދިވެސް މަސްޖިދުގައި ސުންނަތް ނަމާދު ކުރަމުން ދިޔަ ބައެއް މީހުން ތިއްބެވެ.. އެމީހުން ތިބުމުން އަހަރެން ލަދުގަނެގެން ކަރުނަ ހިފަހައްޓަން މަސައްކަތް ކުރީމެވެ. އަހަރެންގެ ރުއިމުގެ އަޑު ބަދަލުވެގެން ދިޔައީ ހީނލުމާއި ދިގު، ގިސްލަމުން ދިޔަ ނޭވާތަކަކަށެވެ. ހަމައެކަނި އިހުސާސް ކުރެވުނީ ކުޑަ އަތެއް އަހަރެންގެ މޫނަށް އަތް ދިއްކޮށްލުމަށްފަހު، ދެން އެ ކަރުނަތައް ފޮހެލަދިން އިހުސާސެވެ. އެއީ ސަލީމް! އަހަރެން އޭނާ މެޔާކައިރިކޮށް ބައްދާލީމެެވެ... އަހަރެން އޭނާއަށް ބަލާލީމެވެ. އަހަރެން އަމިއްލަ ނަފްސަށް ބުނީމެވެ... އަނދިރި މީހަކީ ދަރިފުޅެއްނޫނެވެ. ހަޤީޤަތުގައި އަނދިރި މީހަކީ އަހަރެންނެވެ. 

އަހަރެމެން އެނބުރި ގެއަށް ދިޔައީމެވެ. އަހަރެންގެ އަންހެނުން ސަލީމްއާ މެދު އިންތިހާއަށް ކަންބޮޑުވި ނަމަވެސް އޭނާގެ ކަންބޮޑުވުން އުފާވެރިކަރުނަތަކަށް ބަދަލުވީ އަހަރެން ސަލީމްއާއެކު ހުކުރު ނަމާދު ކުރިކަން އެނގުމުންނެވެ. އެދުވަހުން ފެށިގެން މަސްޖިދުގައި ޖަމާޢަތުގައި ކުރާ ނަމާދު އަހަރެން ދުވަހަކުވެސް ގެއްލިފައެއް ނުވެއެވެ. އަހަރެންގެ ނުބައި ރައްޓެހިން ދޫކޮށްލީ... އަދި މަސްޖިދުގައި ދިމާވި މީހުންގެ ތެރޭގައި ޞާލިޙު ރައްޓެހިން ހޯދީމެވެ. އަހަރެން އެމީހުންނާއެކު އިމާންކަމުގެ ފޮނިކަމުގެ ރަހަ ބަލަމުން އައީމެވެ. އެމީހުންގެ ކިބައިން އަހަރެންނަށް ދަސްވީ އަހަރެންގެ ސަމާލުކަން މި ދުނިޔެއިން ދުރުކޮށްލި ކަންތައްތަކެވެ.

އޭރުން ފެށިގެން އަހަރެން ދުވަހަކުވެސް ޒިކުރުކުރުމުގެ ޖަމާޢަތްތައް ނުވަތަ ވިތުރިނަމާދުން އެއްކިބާވެފައެއް ނުވެއެވެ. އަހަރެން މުޅި ޤުރުއާން، އެތައް ފަހަރަކު، އެއް މަސްދުވަހުގެ ތެރޭގައި ކިޔެވީމެވެ. އަހަރެންގެ ދުލުން الله ގެ ޒިކުރު ތަކުން ތެއްމައިލީމެވެ، މީސްތަކުންނަށް އަހަރެންގެ ފަރާތުންކުރި ޖެއްސުމާއި މަލާމާތް މާފުކޮށްދެއްވުމަށެވެ. އާއިލާއާ ގާތްކަން އިހުސާސް ކުރެވުނެވެ. އަނބިމީހާގެ ދެލޮލުގައި ވާ ބިރުވެރިކަމާއި ރަހުމުގެ ނަޒަރުތައް ފިލައިގެން ދިޔައެވެ. ހިނިތުންވުމެއް މިހާރު ދުވަހަކުވެސް އަހަރެންގެ ދަރިފުޅު ސަލީމްގެ މޫނުމަތިން ވަކިނުވިއެވެ. އޭނާ ފެނުނު މީހަކަށް ހީވާނީ އޭނާއަކީ ދުނިޔެއާއި އެދުނިޔޭގައިވާ ހުރިހާ އެއްޗެއްގެ މިލްކުވެރިއެއް ކަމުގައެވެ. އެކަލާނގެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ޝުކުރުވެރިވީމެވެ.

އެއްދުވަހަކު އަހަރެންގެ ޞާލިޙު އެކުވެރިން ނިންމީ ދުރު ތަނަކަށް ދަޢުވާއަށް ދިއުމަށެވެ. އަހަރެން ދާން ފަސްޖެހުނީމެވެ. އަހަރެން އިސްތިޚާރާ ނަމާދުކޮށް، އަނބިމީހާއާ މަޝްވަރާކުރީމެވެ. އަހަރެން ހީކުރީއަންހެނުން ދެކޮޅު ހަދާނެ ކަމަށް... އެކަމަކު ދިމާވީ އޭގެ އިދިކޮޅަށެވެ! އެކަމަނާ އިންތިހާއަށް އުފާވި، އަދި އަހަންނަށް ހިތްވަރު ވެސް ދެއްވި... ސަބަބަކީ ކުރިން އަހަރެން އޭނަގެ މަޝްވަރާއެއް ނުކޮށް، ފާފައާއި ނުބައިކަމުގެ ބޭނުމުގައި ދަތުރުކުރާތަން އޭނައަށް ފެނިފައި ވާތީއެވެ. އަހަރެން ސަލީމަށް ގާތަށްގޮސް، ދަތުރަކުދާ ވާހަކަ ބުނީމެވެ. ކަރުނައިން ފުރިފައި ހުރެ އޭނާ އަހަރެން ގެއަތް އެ ކުޑަކުޑަ އަތްތިލައަށް ލާ ފޮރުވާލިއެވެ...

 އަހަރެން ގެއިން ދުރުގައި ތިން މަހާއި ބައި ވެއްޖެއެވެ. އެ މުއްދަތުގައި ފުރުސަތެއް ލިބުނު ކޮންމެ ފަހަރަކު އަނބިމީހާއަށް ގުޅައިގެން ދަރިންނާ ވާހަކަ ދައްކަމުން ދިޔައީމެވެ. އަހަރެން އެމީހުން ވަރަށް މިސްވި... އަދި ، ހާދަ ވަރަކަށް އަހަރެން ސަލީމް މިސްވިއެވެ! އަހަރެން ބޭނުންވީ އޭނާގެ އަޑު އަހަން... އަހަރެން ދަތުރުކުރި ފަހުން އަހަރެންނާ ވާހަކަ ނުދައްކާ ހުރި ހަމައެކަނި މީހަކީ އޭނާއެވެ. އަހަރެން އެމީހުންނަށް ގުޅާ ކޮންމެ ފަހަރަކު އޭނާ ހުރީ ސްކޫލުގައި ނުވަތަ މަސްޖިދުގައެވެ. އަހަރެން އަނބިމީހާގާތު ސަލީމް ހަނދާންވާވަރު ބުނާ ކޮންމެ ފަހަރަކު، އެންމެ ފަހުން ގުޅާލި ފަހަރު ފިޔަވައި، އުފަލުން، ހޭންފެށައެވެ. އޭނަ ހޭއަޑެއް މިފަހަރު އަހަންނަކަށް ނުއިވުނެވެ. އޭނަގެ އަޑު ބަދަލުވިއެވެ. އަހަރެން ސަލީމްއަށް އަހަރެންގެ ސަލާމް ދޭށޭ ބުނުމުން “އިންޝާالله” އޭ ބުނެ މަޑުމަޑުން ހުއްޓެވެ. އެންމެ ފަހުން އަހަރެން އެނބުރި ގެއަށް ދިޔައީމެވެ. އަހަރެން ދޮރުގައި ޓަކި ޖަހާލީމެވެ. އަހަރެންނަށް ހުޅުވާލާނީ ސަލީމް ކަމަށް އުންމީދު ކުރި ނަމަވެސް އުމުރުން ހަތަރު އަހަރަށް ވުރެ ގިނަ ނުވާ އަހަރެންގެ ދަރިފުޅު ޚާލިދު ފެނުމުން ހައިރާންވިއެވެ. އަހަރެންގެ އަތުތެރޭގައި އޭނާ ނަގައިގެން ދިޔައިރު އޭނާ ގިސްލަމުން ދިޔައީ، “ބައްޕާ! ބައްޕާ!” ގެއަށް ވަދެވުމުން އަހަރެންގެ ހިތް ޓެންޝަންވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

އަހަރެން ލަޢުނަތް ލިބިފައިވާ ޝައިޠާނުންގެ ކިބައިން الله ގެ ޙަޟްރަތުން ހިމާޔަތް ހޯދީމެވެ... އަހަރެންގެ އަންހެނުންނާ ގާތްވީތަނާ... އޭނާގެ މޫނު ގެ ކުލަވަރުތަފާތުވިއެވެ. އުފާވާކަމަށް ހަދައިގެން އުޅޭ ކަހަލައެވެ. އަހަރެން ގާތުން ބަލާލީމެވެ ދެން ބުނީމެވެ، “ކިހިނެއްތަ ވީ؟” “އެއްވެސް ކަމެއް ނުވޭ” ޝަބާނާ ބުންޏެވެ. ކުއްލިއަކަށް ސަލީމްގެ މަތިން ހަނދާންވިއެވެ. “ކޮބާ ސަލީމް؟” އަހަރެން އަހާލީމެވެ. ބޯ ތިރިކޮށްލިއެވެ. ޖަވާބެއް ނުދިނެވެ. ކަރުނަތައް ކޯތާފަތަށް ވެއްޓުނެވެ. “ސަލީމް! ކޮބާ ސަލީމް؟” އަހަރެން ރޮއިގަތީމެވެ. އެވަގުތު އަހަރެންނަށް އިވުނީ ހަމައެކަނި އަހަރެންގެ ދަރިފުޅު ޚާލިދު އޭނާގެ އަމިއްލަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަ އަޑެވެ، “ބައްޕާ.. ސަލީމްސުވަރުގެއަށް ދިޔައީ... الله އާއި އެކު...” އަހަރެންގެ އަންހެނުންނަށް އެކަން އަޑުއިވި ކެތް ނުކުރެވުނެވެ.. ރޮމުން އޭނަ ފަޅައިގެން ދިޔައެވެ. ކަރުނަތައް ބިންމައްޗަށް ވެއްޓި، ކޮޓަރިން ނުކުތެވެ.

ފަހުން އެނގުނީ އަހަރެން އެނބުރި އައުމުގެ ދެ ހަފްތާ ކުރިން ސަލީމްއަށް ހުމުގެ އަސަރު ކުރިކަން، އެހެންވެ އަހަރެންގެ އަންހެނުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ... ހުމުގެ އަސަރު ދުވަހެއް ދުވަހަކަށް ގަދަވެ، އޭނާ ހުންމަޑުނުވެ... އޭނާގެ ނަފްސު އޭނާގެ ހަށިގަނޑުން ނުކުމެގެން ދިޔައީއެވެ.

މި ބިން ފުޅާ ކަމުގައި ވިޔަސް ތިބާގެ މައްޗަށް ބަންދުވެއްޖެނަމަ، އަދި ތިބާގެ ނަފްސު ތިބާގެ މައްޗަށް އޮތީ އެ ބިމުން ގެންދާ އެއްޗެއްގެ ސަބަބުން ކަމަށްވާނަމަ... ގޮވާލާށެވެ، “އޭ الله!” ހައްލުތައް ހުސްވެ، މަގުތައް ހަނިވެ، ގޮތްހުސްވެއްޖެނަަ، ތިބާގެ އުންމީދުތައް ނެތިއްޖެނަމަ... “އޭ الله” އޭ ގޮވާލާށެވެ. الله އިރާދަކުރެއްވީ، ސަލީމް މަރުވުމުގެ ކުރިން، ސަލީމްގެ ބައްޕައަށް ސަލީމްގެ އަތްޕުޅުގައި މަގުދައްކައިދިނުމަށެވެ. الله ކިހާ އޯގާވަންތަ ހެއްޔެވެ؟