ކޮންމެ ނަމާދެއްގައި އަހަރެމެން ސޫރަތުލް ފާތިޙާ އެބަ ކިޔަމުއެވެ. އެއަަސްފަހު ދުޢާ އިޖާބަކުރެއްވުމަށް އެދި ދަންނަވާ ކަލިމަ "އާމީން" ވެސް އެބަ ކިޔަމުއެވެ. ޖަމާއަތުގައި ކުރާ ނަމާދުތަކުގައި އަޑުހަރުކޮށް އަޑަށް ބާރުލާ މުޅި މިސްކިއްތެރެ ގުގުމާލާ އާމީން ކިޔާ އިރު، އާމީން މި ކިޔެނީ ކޮން ކޮން ކަންތައްތަކަކަށްތޯ އަހަރެމެންނަށް އެނގޭހެއްޔެވެ؟ ނޭނގޭނަމަ އެ ނޭނގެނީ ސޫރަތުލް ފާތިޙާގެ މާނަ ނޭނގޭތީއެވެ. އެހެންކަމުން އެންމެ ކުޑަމިނުން ސޫރަތުލް ފާތިޙާގެ މާނަ އަހަރެމެންނަށް އެނގެން ޖެހޭނެެއެވެ. ސޫރަތުލް ފާތިޙާގެ މާނާގައި ވަނީ،

﴿1﴾ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ 

 رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ. 

﴿2﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 

 حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. 

﴿3﴾ الرَّحْمَٰنِ الرَّحِيمِ 

 (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ. 

﴿3﴾ الرَّحْمَٰنِ الرَّحِيمِ 

 (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.

﴿4﴾ مَالِكِ يَوْمِ الدِّينِ 

 قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ. 

﴿5﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ 

 އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމައެކަނި އިބަރަސްކަލާނގެ حضرة ންނެވެ. 

﴿6﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ 

 އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ! 

﴿7﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ 

 (އެއީ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.

....

ޖުމުލަކޮށް މުޅި ސޫރަތުގެ މާނާގައި ކުރެވުނު އެއްމެ ވަރުގަދަ ދުޢާ އަކީ ސީދާވެގެންވާ މަގަށް މަގު ދެއްކެވުމަށް ކުރެވުނު ދުޢާއެވެ. އެއާއި އެކު ސީދާވެގެންވާ މަގަކީ ކޮބައިކަންވެސް ސޫރަތުލް ފާތިޙާގައި އެ ވަނީ ބަޔާން ކުރައްވާފައެވެ. އެހެންކަމުން އަހަރެމެން ކޮންމެ މީހަކުމެ މި ސޫރަތުގެ މާނައަށް ފަރިތަވާން އެބަ ޖެހެއެވެ. ކިޔޭ އެއްޗަކާއި ކުރެވޭ ދުޢާގެ މަފްހޫމު އެނގެން އެބަ ޖެހެެއެވެ.