ޕާކިސްތާނުގެ ބަންޑިޕޯރާ ޑިސްޓްރިކްޓްގެ އުމުރުން 26 އަހަރުގެ ފިރިހެނަކު ވަނީ 500 މީޓަރުގެ ދިގުމިނުގެ ކަރުދާސް ސަފްހާއެއްގައި އަތުން ކީރިތި ޤުރުއާން ލިޔެފައެވެ. މިއީ އޭނާ ތިން މަސް ދުވަހުގެ ތެރޭގައި ފުރިހަމަކުރި "ކަލިގްރަފިކް" ކާމިޔާބީއެކެވެ.

ކަޝްމީރުގެ އުތުރު ބަންޑިޕޯރާ ޑިސްޓްރިކްޓްގެ ފްރޮންޓިއާ ގުރޭޒްގެ ތުލައިލް ސަރަހައްދުގައި ދިރިއުޅޭ މުސްތަފާ-އިބްނު-ޖަމީލް ވަނީ މިދިޔަ އަހަރު އެމަޝްރޫއުގެ މަސައްކަތް ފަށާފަ އެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހު އެ މަޝްރޫއު ނިމުނު ނަމަވެސް ކެލިގްރަފީ ބައިގެ ފޮންޓް ނަސްޚް ކުރަން އިތުރު ތިން މަސް ދުވަސް ނަގާފައިވާ ކަމަށެވެ. ބޯޑަރު ޑިޒައިން ކުރުމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަވިއެވެ.

ޖަމީލް ވިދާޅުވީ ދިއްލީގައި އެ މަޝްރޫއު ނިންމާލީ 2.5 ލައްކަ ރުފިޔާ ހަރަދުކޮށްގެން ކަމަށެވެ. އަދި ޤުރުއާނުގައި 450 ޞަފްޙާ ހިމެނޭއިރު ކޮންމެ ޞަފްޙާއެއްގެ ފުޅާމިނަކީ 14.5 އިންޗި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޖަމީލް ބުނީ އޭނާގެ އާއިލާއިން އަބަދުވެސް އޭނާގެ ޝައުގުވެރިކަމުގެ އަގުވަޒަންކުރާ ކަމަށާއި މުޅި ޕްރޮޖެކްޓްގައި ވެސް އޭނާއަށް ތާއީދު ކުރަމުން ދިޔަ ކަމަށެވެ. އޭނާ ބުނީ އޭނާގެ ފަންނު އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި އަދިވެސް ހިއްސާ ކުރަން ބޭނުން ނުވާ އެހެން ބައެއް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖަމީލްގެ ފަންނަށް ވަނީ ޗެންނާއީގައި ހުންނަ ލިންކަން ބުކް އޮފް ރެކޯޑްސް - މުޅި ދުނިޔޭގެ ރައްޔިތުންގެ ފޮރުވިފައިވާ ހުނަރުތަކަށް ތައުރީފުކޮށް ޕްރޮމޯޓް ކުރުމަށް އިސްނަގައިގެން ފެށި މިނިވަން އެންޖީއޯއަކުން އޭނާއަށް ޝަރަފު ލިބިފަ އެވެ.

އޭނާ އުންމީދު ކުރި ގޮތުގައި އޭނާގެ މި ކާމިޔާބީގެ ސަބަބުން ކަޝްމީރުގެ ޒުވާނުންނަށް ކެލިގްރަފީ އަށް ޝައުގުވެރިކަން އިތުރު ކުރެވޭނެއެވެ.