އާދީއްތަ ދުވަހު އިޓަލީ ކަނޑަށް ފެތުނު ރެފިއުޖީންގެ ބޯޓުން މީހުން ސްމަގްލްކުރި މީހުން ކަނޑު ގަދަވުމުން ބޯޓު ލުއިކުރަން ބޯޓުގައި ތިބި ކުޑަ ކުދިން ކަނޑަށް އެއްލި ކަމަށް މި ހާދިސާގަ ސަލާމަތްވީ މީހުން ބުނެފިއެވެ.
އިޓަލީގެ އިދާރާތަކުން ހާމަކޮށްފައިވާގޮތުން މި ހާދިސާގައި މަރުވިމީހުންގެ ޢަދަދު ވަނީ 65 އަށް އަރާފައެވެ. އޭގެތެރޭގައި 14 ކުޑަކުދިން ހިމެނޭކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. ތުރުކީއިން އިޓަލީއަށް، ވަގަށް ހިޖުރަވެރިން އެތެރެކުރަން އުޅުނު މި ބޯޓުން ބޮލަކަށް 8 ހާސް މެޝިން ޕައުންޑް ޗާޖުކޮށްފައިވާކަމަށް އިޓަލީވިލާތުގެ ފުލުހުންވަނީ ބުނެފައެވެ.

މި ހާދިސާގައި ފުލުހުންވަނީ 3 ސްމަގްލަރުން ހައްޔަރުކޮށްފައެވެ. އެއީ ތުރުކީ ރައްޔިތަކާ ޕާކިސްތާނުގެ ދެ ރައްޔިތުންނެވެ. އިޓަލީ ފުލުހުންބުނީ ހަތަރުވަނަ ސްމަގްލަރެއްވެސް އުޅުނުކަން ސަލާމަތްވީ މީހުންގެ ބަޔާންތަކުން އެނެގޭކަމަށާ ބެލެވެނީ އެމީހާ ކަނޑުވެ މަރުވީކަމަށެވެ.