ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސަށް އުފަން އުމުރުން 32 އަހަރުގެ މުހައްމަދު އިކްރާމަކީ ކުޅަދާނަ ސްނޫކަރ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ސްނޫކަރ ކުޅެނީ ދަތްދޮޅި ބޭނުން ކޮށްގެން ދަތްދޮޅީގެ އެހީގައެވެ. އުފެދުމުގައި ދެއަތް ނެތް އިކްރާމް އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަމަށް ވީނަމަވެސް އޭނާމިވަނީ ސްނޫކަރ ކުޅުމުގެ ރޮނގުން ވިދާލާ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.
ކިއު ސްޓިކެއް ބޭނުން ނުކޮށް ކަނދުރާ އެކި ކޮޅަށް އަންބުރާލުމަށްފަހު ދަތްދޮޅިން ބޯޅައިގައި ޖަހާ ސްނޫކަރ ބޯޅަ ކުޅަދާނަކަމާ އެކު އޭނަ ޕޮޓަށް ފޮނުވާލައެވެ. އިކްރާމް ބުނެފައިވާގޮތުގައި އޭނާ އުމުރުން 10 އަހަރުން ފެށިގެން އޭނާގެ، ގޭ ބޭރުގައި ހިރަފުސް އަރާފައިވާ ޕޫލްމޭޒެއްގައި ކުދިން ސުނޫކާ ކުޅޭތަން އޭނާ ބަލަން ހުންނައިރު އޭނާ އަށް މިކުޅިވަރު ކުޅެވޭނެ އެއްވެސް ގޮތެއްއޮތްތޯ އަބަދުވެސް ވިސްނަމުން ދިއަކަމަށް ވަނީ ހާމަކޮށްފައެވެ.
އޭރު އޭނާގެ ހިތަށް ބައެއްފަހަރު އޭނާ ގެ ދެއަތް އޮތްނަމައޭ އަރާކަމަށް ވަނީ އެސޯސިއޭޓް ޕްރެސްއަށް ދިންއިންޓަރވިއުއެއްގައި ހާމަކޮށްފައެވެ. އޭނާ ގޭދޮށު ކްލަބަކަށް ގޮސް ސްނޫކަރ ކުޅެން މަސައްކަތް ފެށިކަމަށާއި، އޭނާއަށް ދަތްގޮޅީގެ އެހީގައި ސްނޫކަރ ކުޅެވިދާނެ ކަން ގަބޫލް ނުކުރާ އެތަށް ބަޔަކު ތިބިކަމަށް އޭނާވަނީ ބުނެފައެވެ. އެކްލަބުގެ ވެރިފަރާތް މުހައްމަދު ނަދީމް ހާމަކުރިގޮތުގައި އިކްރާމްއަށް ސްނޫކަރ ނުކުޅެވޭނެކަމަށް އޭނާ ފުރަތަމަ އިކްރާމް ގާޓު ބުނިނަމަވެސް އޭނާ ކުޅޭތަން ފުރަތަމަ ފަހަރަށް ފެނުމުން އިކްރާމް އެކޭ އެހެންމީހުންނެކޭ ވަކި ތަފާތެއް ނެތްކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ.
އިކްރާމް ވަނީ މިހާތަނަށް ގައުމީ ފެންވަރުގެ 3 ޓޯނަމަންޓުން ކާމިޔާބީ ހޯދާފައެވެ. އިމްރާން ދެކޭ ހުވަފެނަކީ ބައިނަލް އަގުވާމީ މުބާރާތް ތަކުގައި އެހެން މީހުންނެކޭ އެއްފަދައިން އޭނާވެސް ބައިވެރިވެ ކާމިޔާބީ ހޯދާ ޕާކިސްތާނަށް ރީތި ނަން ހޯދާދިނުމެވެ. އަދި މިހުވަފެން ހަގީގަތަކަށް ހެދުމަށް ސަރުކާރުން އޭނާއަށް އެހީވެދިނުމަށް ޕާކިސްތާންގެ ޕްރައިމިނިސްޓަރ އިމްރާން ހާންއަށް ހުށައަޅާނެކަމަށް ވަނީ ހާމަކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން