މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ، ނޫސްވެރިކަމުގެ އިނާމު، "ނޫސްވެރިކަމުގެ އިނާމު 2022" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 08 ޖޫން ގައި ހުޅުވާލައިފިއެވެ.

 މި އިނާމު ދިނުމުގެ މައިގަނޑު މަގުސަދު ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމުގެ ގޮތުން އިނާމު ދޭނެގޮތުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުން ހިމެނެއެވެ.

 

އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސްމަޖައްލާ ކެޓަގަރީ އަދި ބްރޯޑްކާސްޓިން ކެޓަގަރީ ހިމެނޭހެން 12 ދާއިރާއަކަށެވެ. "ނޫސްވެރިކަމުގެ އިނާމު 2022" ދޭ ދާއިރާތައް:

1. ތަޙްޤީޤީ ނޫސްވެރިކަން 

2. ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ ދާއިރާ

3. ސިޔާސީ

4. ޝަރުޢީ އަދި ޤާނޫނީ ދާއިރާ

5. ވިޔަފާރިއާއި އިޤުތިޞާދު

6. ކުޅިވަރު

7. ފޮޓޯ ޖާރނަލިޒަމް

8. ވީޑިއޯ ޖާރނަލިޒަމް

9. ގްރެފިކްސް އާއި އިލެސްޓްރޭޝަންސް 

10. ފީޗަރ

11. އުންމީދީ ނޫސްވެރިޔާ

12. އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

 

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލު "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ. އިނާމަށް ނަން ހުށަހަޅާ ފޯމާއި އަދި މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތައް، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާން" އާއެކު އާންކޮށްފައިވެއެވެ.

 މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު 2023 ޖުލައި 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.