އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މައްކާގައި ތިބި ޙައްޖު ކޯޕަރޭޝަންގެ އުމްރާ ވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

ހައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ރަސްމީދަތުރުފުޅެއްގައި ވަޑައިގެން ވަޒީރު ޑރ. ޝަހީމް މިވަގުތު ހުންނެވީ މައްކާގައެވެ.

ވަޒީރު ޑރ. ޝަހީމްވަނީ އުމްރާވެރިންގެ ވާހަކަތައް ވަރަށް ގާތުން އަޑުއައްސަވައިފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ހައްޖާއި އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީއާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓާއި ހައްޖުކޯޕަރޭޝަންގެ އިސްބައެެއް ބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.