ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި ދިރާސާއެއް ފަށައިފިއެވެ. 

“ޕަބްލިކް ޕާސެޕްޝަން ސާރވޭ” ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މި ދިރާސާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮޮތުން ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދާ ދިރާސާއެކެވެ.

މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ޖުމްލަ 37 ސުވާލު ހިމެނޭ މި ދިރާސާގެ ސުވާލުތައް ފަރުމާކޮށްފައިވަނީ ވަޒަންކުރެވޭ ގޮތަށް ޕޮއިންޓުދޭ ގޮތަށެވެ.

މި ދިރާސާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް މަސައްކަތްތައް ބައްޓަންކުރުމަށެވެ.