ވީޑިއޯ ބަޔާނެއްގައި ޕްރިންސަސް ކެތަރިން ހާމަކުރިގޮތުގައި ފާއިތުވެ ދިޔައީ ގަބޫލުކުރަން ދަތި ވަރުގެ އުނދަގޫ ދެތިން މަސް ކަމަށާއި ފަހުން ލިބުނުީ "ވަރަށް ބޮޑު ޝޮކެއް" ކަމަށެވެ.

ހަމައެހެންމެ އާންމުންނަށް ޕޮޒިޓިވް މެސެޖެއް ފޮނުވައިދިނުމުގެ މަޤްޞަދުގައި ހާމަކޮށްފައިވަނީ "މިހާރު ކުރިއަށްވުރެން ހާލު ރަނގަޅުވެ ކޮންމެ ދުވަހަކު ވެސް ވަރުގަދަވަމުން އަންނަ" ކަމަށެވެ.

ކެންސަރުގެ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ކެންސިންގޓަން ޕެލަސް އިން ބުނީ ޕްރިންސެސް ފުރިހަމައަށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޕްރިންސެސްގެ ބަޔާނުން ހާމަވާ ގޮތުގައި ޖެނުއަރީ މަހު ބަނޑުގެ އޮޕަރޭޝަނެއް ކުރިއިރު ކެންސަރު ހުރިކަން އެނގިފައެއް ނުވެއެވެ.

އެހެން ނަމަވެސް އޮޕަރޭޝަނަށް ފަހު ހެދި ޓެސްޓްތަކުން ކެންސަރު ހުރިކަން އެނގުނުކަމަށާއި އެހެންވެ ކޭޓްގެ މެޑިކަލް ޓީމުން ލަފާ ދިނީ ޕްރިވެންޓޭޓިވް ކީމޯތެރަޕީގެ ހަދަން ކަމަށާއި މިހާރު މިހުރީ އެ ފަރުވާ ފަށާފައިކަމަށް ވަނީ ހާމަކޮށްފައެވެ.

ކީމޯތެރަޕީ ފަރުވާ ފެށީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. ގަނޑުވަރުން ބުނާ ގޮތުގައި ކެންސަރުގެ ބާވަތް ހިމެނޭ ގޮތަށް އިތުރު  ސިއްހީ މައުލޫމާތެއް އާންމު ކޮށް ހިއްސާ ނުކުރާނެކަމަށެވެ.

އުމުރުން 42 އަހަރުގެ ޕްރިންސެސް ބުނީ ކެންސަރުގެ އަސަރު ކޮށްފައިވާ ހުރިހާ އެންމެންނާ މެދު ވިސްނަމުން އަންނަ ކަމަށާއި "މި ބައްޔާ ކުރިމަތިލާން ޖެހިފައިވާ ކޮންމެ މީހަކަށް ކޮންމެ ގޮތަކަށް ވިޔަސް އުއްމީދު ގެއްލުވާނުލާށޭ ތިޔަތިބީ އެކަންޔެއް ނޫން" ކަމަށެވެ.

ހުކުރު ދުވަހު އިއުލާން ކުރުމުގެ ކުރިން ޕްރިންސެސްގެ ސިއްހަތާ ބެހޭ ޚަބަރު ރަސްގެފާނާއި ރާނީއަށް ވަނީ އަންގާފައި - އަދި ޚުދު ރަސްގެފާނު ޗާލްސް ވެސް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.