މޭ ނުވަތަ މަސައްކަތްތެރިން ގެ ދުވަހު، މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރަސާރައާއި ދެކޮޅަށް ނިކުންނަން ދިވެހި ޒުވާނުން ތަކެއް ނިންމައިފިއެވެ. މި އެވުން ބާއްވަން ނިންމާފައިވަނީ 1 މޭ ވާ ހޮނިހިރު ދުވަހު 9 ޖަހާ އިރު ރަސްފަންނު ސަރަހައްދުގައިއެވެ. މި ސުލްހަވެރި އެއްވުމުގެ ގެ ބޭނުމަކީ ދިވެހި ރާއްޖޭ ގައި މަސައްކަތުގެ މާހައުލުގައި ދިމާވެފައިވާ ޖިންސީ ފުރަސާރައާއި ޖިންސީ ގޯނާ ތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމު ކުރުން ކަމުގައި "ރައިޒް އަޕް އެމްވީ" ގެ ފަރާތުން ފާހަގަ ކުރަށްވާފައިވެއެވެ.  

 "ރައިޒް އަޕް އެމްވީ" އަކީ ދިވެހި ރާއްޖޭ ގައި ދިމާވާ ގެވެށި އަނިޔާ، ޖިންސީ ފުރަސާރަ، އަދި ރޭޕް އާއި ދެކޮޅަށް އަޑު އުފުލަމުން އަންނަ މޫވްމަންޓެއް ކަމަށާއި މި މޫވްމަންޓަކީ އެއްވެސް ވަރަށްކަށް ސިޔާސީ ބަޔަކާއި ގުޅިފައިވާ ކަމެއް ނޫންކަމަށް އެބޭފުޅުން އިތުރަށް ވިދާޅުވިއެވެ. އެބޭފުޅުން އިތުރަށް ފާހަގަ ކުރެއްވިގޮތުގައި މި އެއްވުމުގައި މި އެއްވުމުގެ ބައިވެރިން ގެ އަޑު އިއްވާލަދީ އިހްސާސްތައް އަދި ސުޢޫރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. މީގެ އިތުރުން މަސައްކަތު މާހައުލުގައި އުޅޭ އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމަށް ގޮވާލާ ޑިމާންޑް ކުރަން ވެސް ހަމަޖެހިފައިވެއެވެ.

ރައިޒްއަޕް އެމްވީއިން ވަނީ މީގެ ކުރިން ވެސް މިކަހަލަ ކާމިޔާބު ސުލްހަވެރި އެއްވުންތަކެއް ކުރިއަށް ގެންގޮސްފައިއެވެ. އަދި މި އެއްވުންތަކުގައި ވަރަށް ގިނައަދަދެއް ގެ ޒުވާނުންވެސް ދަނީ ބައިވެރިވަމުންނެވެ.

މި އެއްވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިންތިޒާމްކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ހަމަ މިއާއެކު، ރެލީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބެނާ ނުވަތަ ބޯޑު ފަދަ ތަކެތީގައި ޝުޢޫރު ލިޔެގެން ގަޑިއަށް އެ ސަރަހައްދަށް ދިއުމަށް އިންތިޒާމްކުރާ ފަރާތްތަކުން އެދެއެވެ. އަދި މީ ގެ އިތުރުން ވީހާވެސް ގިނަބަޔަކު މިކަމުގައި ބައިވެރިވެ މިކަންކަމަށް ހައްލެއްގެންނަން އެހީތެރި ވުމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ވަނީ އާންމުން ގެ ކިބައި އެދިފައިއެވެ