ރާއްޖެއިން ކޮވިޑް-19 ޖެހުނު އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް މިއަދު ހެނދުނު 9:34 ކަންހާއިރު ނިޔާވެފައި ވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މިމީހާއަކީ އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި މިހާތަނަށް ނިޔާވި 24 ވަނަ މީހާއެވެ.

ހޯމަ ދުވަހުވެސް ރާއްޖެއިންވަނި ކޯވިޑް-19 ޖެހިގެން 64 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި 19 ދިވެހިންނާއި ބަންގްލަދޭޝް ހަތަރުމީހަކާއި ފިލިޕީންސް މީހަކު ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން 5،909 މީހުން ކޮިވޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ބައްޔަށް ފަރުވާ ދެމުންދަނީ 2،389 މީހުންނަށެވެ. ބަލިން ރަނގަޅުވެފައިވަނީ 3،488 މީހުންނެވެ.