މި ލިބުނު ޗުއްޓީގައި ބައެއް ކުޑަކުދިން "ސްކްރީން ޓައިމް" ގައި، ވަގުތު ހޭދަ ކުރާ މިންވަރު އިތުރުވެއެވެ. ބައެއްފަހަރު އަޅުގަނޑުމެން މައިންބަފައިން މަސައްކަތެއްގައި ބުރަ ކޮށް އުޅޭ ވަގުތު ތަކުގައި ކުދިން ފޫހިވެ، އެކުދިންނަށް ދޭންޖެހޭ ސަމާލުކަން ދެވޭމިންވަރު ކުޑަވުމުން ބޮޑާހާކަން ފެށުމުން،  ކުދިންގެ އަތަށް  ފޯނު، ނުވަތަ ޓެބްލެޓް ދެވެއެވެ. ނަތީޖާއެއްގެ ގޮތުން ސްކްރީންގެ ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރަން ކުދިން ބޭނުންވެއެވެ. އަދި މިކަމުގެ ސަބަބުން ކުދީންގެ އުޅުމަށް ވެސް ނޭދެވޭ ބަދަލުތައް އަންނަކަން ވެސް ފާހަގަ ވެއެވެ.

މި ލިއުމުގައި މި ބަލާލަނީ ކުދިންގެ "ސްކްރީން ޓައިމް" މަދުކޮށް ފައިދާހުރި ގޮތުގައި މި ޗުއްޓީ ހޭދަކޮއްލާން ކޮއްލެވިދާނެ ބައެއް ކަންކަމެވެ.

  • މަންމަ އައް ނުވަތަ އާއިލާ މީހަކައް އެހީތެރިވުން.

ދަރިފުޅު ގޭގައި ހޭދަކުރާ ވަގުތަކީ ފައިދާހުރި ވަގުތަކަށް ހެދުމަށްޓަކައި، ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ގޭގައި އުޅޭ މީހަކަށް އެހީވުމުގެ ގޮތުން ކަމެއް ކޮށްލަދޭނެ ގޮތެއް ބުނެލަދީ އެކުދިންނާއެކު އެކަމެއް ކޮށްލަން އެހީތެރިވެދޭށެވެ.

މިސާލަކަށް: ކުނިކަހާލުން، ދޮވެފަ ހުރި އެއްޗެހި ފައްޖެހުން، ކާ ތަށިދޮވެލުން.

  • ތަފާތު މައުލޫމާތު އެކުލެވޭ ފޮތެއް ކިޔާލުން

ތަފާތު ގިނަ މައުލުމާތު އެކުލެވޭ ފޮތެއް ކިޔައިލާ އޭގައިވާ ކަންތައް އަމިއްލައަށް ތަޖުރިބާކޮއްލުމަކީ ކުދިން އެކަމަށް އިތުރައް ޝައުގުވެރިވާނެ ކަމެވެކެވެ.

މިސާލަކަށް؛ ގަސް ހެއްދުމާބެހޭ ފޮތެއްކިޔާ ދަރިފުޅާއެކު ގަހެއް ހެއްދުން، އަދި ގަސް ހެދިބޮޑުވާ ގޮތް ބަލާ މޮނީޓަރ ކުރުން.

3- އާއިލާގެ މީހުންނަށް ޒިއާރަތް ކޮށްލުން

ކައިރީގައި އުޅޭ އާއިލާ މީހުންނާއި ކުއްޖާގެ ގާތް ރަހުމަތްތެރިންނަށް ޒިއާރަތް ކުރާއިރު ކުއްޖާ ބައިވެރިކޮށްގެން އާއިލާމީހުނަށް / ރަހުމަތްތެރިންނަށް ހަދިޔާ އެއް ނުވަތަ ކާއެއްޗެއެ ހަދައިލުން.

މިސާލަކަށް: ކުޑަ ކޭކް އެއް ޑެކަރޭޓް ކޮއްގެން 'ގެދަރިންގ' އަށް ދިއުން                    

ހެލިފެލިވެ އުޅެވޭނެ ވަކިވަގުތެއް ކަނޑައެޅުން

ގޭގައި ހުރެގެންވެސް ހެލިފެލިވެ ކުރެވޭނެ ހަރަކާތްތަކެއް ހުންނާނެ އެވެ. އެގޮތުން ނެށުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ކުރުމަށް އެކުދިންނަށް ހިތްވަރު ދޭށެވެ. އަދިދުވާލުގެ ކޮންމެވެސް ގަޑިއެއްގައި އެކުދިންނާއެކު އެ ކަންކަމުގައި ބައިވެރިވާށެވެ.