ދަރިފުޅު ހިތްހަމަ ޖައްސައިދޭން ފޯނެއް ގަނެދޭން ހިޔާލް ކުރަނީތޯއެވެ. ޓީނޭޖް ދަރިފުޅު ފޯނެއް ހޯދައި ދޭން ބުނެ ބޮޑަ ހާކަނީ ތޯއެވެ.ނޫން ނަމަ މަސައްކަތުގައި ގެއިން ދުރުގައި އުޅެން ޖެހުމުން ދަރިފުޅު އަތަށް ފޯނެއް ދޭން މަޖުބޫރުވަނީ ތޯއެވެ. ނަމަވެސް ކުދިންނަށް ފޯން ހޯދައި ދިނުމުގެ ކުރިން ބެލެނުވެރިން ވިސްނާލުން މުހިއްމު ކަންތައްތަކެއް ހުންނާނެއެވެ.
ދަރިފުޅަށް ފޯނުހޯދަދޭން އެންމެ އެދެވޭ އުމުރަކީ ކޮބައިތޯއެވެ؟
ޓެކް ބިލިއަނަރު ބިލް ގޭޓްސް އޭނާގެ ކުދިންގެ އުމުރުން 14 އަހަރު ވަންދެން ފޯނު ބޭނުންކުރުން މަނާކުރިއިރު، ސްޓީވް ޖޮބްސް އަކީ އޭނާގެ ދަރިންނަށް އައިފޯން ނުވަތަ އައިޕެޑް ދިނުމާ ދެކޮޅު ކަމަށް ބުނާ މީހެކެވެ. ސިލިކަން ވެލީގެ އެހެން ޖަޔަންޓް ކުންފުނިތަކުން ވަނީ މާ ކުޑައިރު ކުދިން މާ ގިނައިން ޓެކްނޮލޮޖީއަށް ހުށަނޭޅުމަށް ބުނެފައެވެ.
މައްޝޫރު ޓެކް އައިކޮންތަކުގެ ލީޑް އަށް ތަބާވުމުގެ އިންކާރު ނުކުރެވޭ ކަންކަން އޮތް ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އުޅެނީ މަސައްކަތުގައި އަވަދި ނެތި ބެލެނިވެރިކަމުގެ ސަޕޯޓްގެ ލަގްޒަރީ ކަމުގައިވާ ޑްރައިވަރުން ނުވަތަ ކުދިންބަލައިދޭނެ ނެނީސް ނެތި ހަގީގީ ދުނިޔޭގަ އެވެ. ކިތަންމެ ވަރަކަށް ޓެކްނޮލޮޖީ އާއި ދުރުގައި ދަރިން ބެހެއްޓުމަށް ބޭނުންވިޔަސް، ހަގީގަތަކީ އަޅުގަނޑުމެން މި އުޅެނީ ވަޔަރޑް ދުނިޔެއެއްގައި ކަމަށާއި ބެލެނިވެރިކަން މެނޭޖްކުރެވޭނެ ގޮތް ހެދުމަށްޓަކައި އަދި ކުދިން ގޭގަ އެކަނި ތިބެންޖެހޭ ހާލަތްތަކުގައި އެކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފޯނުތަކަށް ބަރޯސާވާން ވަނީ ޖެހިފައެވެ.
ޑިޖިޓަލް ލިޓަރޭސީ ރިސާޗަރއެއް އަދި ކުރީގެ ގްރޭޑް ސްކޫލް ޓީޗަރެއް، ގެއިތުރުން ޓެކްނޮޕެނިކް ޕޮޑްކާސްޓްގެ ހޯސްޓް އިއަން އޯބަރން އާއި ނޭޝަނަލް އެސޯސިއޭޝަން ފޯ މީޑިއާ ލިޓަރޭސީ އެޑިއުކޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މިޝެލް ލިޕްކިން ވަނީ ދަރިފުޅަށް ފުރަތަމަ ފޯނު ދިނުމަށް ރަނގަޅު އުމުރާއި، ޓެކްނޮލޮޖީގެ އެހީގައި އާއިލާއަށް ކާމިޔާބު ކުރެވޭނެ ގޮތްތަކާއި މެދު ވާހަކަ ދައްކާފައެވެ.
ދަރިފުޅަށް ފޯނެއް ބޭނުންވަނީ ކީއްވެގެން ތޯ؟
މިއީ މި ތަޖުރިބާކާރުން ލަފާދެއްވި ފުރަތަމަ ސުވާލެވެ. ދަރިފުޅު ފޯނު ބޭނުންވަނީ ރައްޓެހިންނާ މުއާމަލާތް ކުރުން ނުވަތަ ކްލާސް ކުދިންގެ ޕްރެޝަރުތަކާ އެކު އެކުދިންނާއި އެއްހަމަކުރުން ނަމަ ، އެންމެ ރަނގަޅީ ދަރިފުޅަށް ފޯންގެ ބަދަލުގައި ކްރޯމްބުކް ނުވަތަ ޓެބްލެޓެއް ދިނުމެވެ.
ނަމަވެސް ކުޑަ އުމުރުގައި ކުއްޖަކަށް ފޯނެއް ދޭން ޖެހޭ ސައްހަ ސަބަބުތައްވެސް ހުންނަކަން ވަނީ ފާހަގަ ކޮށްފައެވެ. ދަރިން ސްކޫލުން އެކަނިގެއަށް ދިއުމަށް ބަރޯސާވާނަމަ، ނުވަތަ އަމިއްލައަށް ގިނަ ވަގުތު ހޭދަކުރާނަމަ، މިދެންނެވި ދެ ސަބަބަކީ ވެސް ކުޑަ އުމުރުގައި ފޯނެއް ހޯދުމަށް ރަނގަޅު ސަބަބުތަކެކެވެ.
ލިޕްކިން އާއި އޯބަރން ދެމީހުންވެސް ބުނާ ގޮތުގައި ދަރިފުޅުގެ ފަރާތުން މީޑިއާގެ ޒިންމާ ރަނގަޅަށް ނަގާނެ ކަމުގެ އަލާމާތްތައް ފެންނަނަމަ އެއީ ފޯނު ގެންގުޅެވޭ ވަރަށް ޒިންމާދާރު ވެދާނެ ކަމުގެ ރަނގަޅު އިޝާރާތެކެވެ. މިހާރު ގޭގައި ބޭނުންކުރާ ޑިވައިސްތަކަށް އަޅާލުމަށް އެކުދިން ދޭސަމާލު ކަމާއި، އެކަށީގެންވާ ވަގުތުތަކުގައި އެ ޑިވައިސްތައް ނިއްވާލުމަށް އެކުދިން ދޭ ސަމާލުކަން ބަލާ ބެލެނިވެރިން ދިރާސާ ކުރާށެވެ.
ޓެބްލެޓް ނުވަތަ ޓީވީ ނިއްވާލާ ވަގުތު ޖެހުމުން ކުދިންގެ އިމްޕަލްސް ކޮންޓްރޯލް ނުވަތަ ޑިވައިސް ނިއްވާލަން އެކުދިން ބަހަނާ ދައްކަމުންދާނަމަ، ފޯނުތަކާ އެކު ބައުންޑަރީސް ގާއިމް ކުރަން ބެލެނިވެރިންނަށް އިތުރަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ،” އޯބަރން ބުންޏެވެ.
ފޯނެއް ނުވަތަ ޑިވައިސްއެއް ބަލަހައްޓަން ނޭނގޭ ކުއްޖަކު ފަހަރެއްގައި އެކަމަށް ތައްޔާރު ނުވާކަން ފާހަގަ ކުރުމާ އެއްވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުދިންގެ ޑިވައިސްތައް ބެލެހެއްޓުމާއި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ އެކުދިންނަށް ނެގޭތޯ ބަލަންވާނެއެވެ. އެކުދިންގެ ޑިވައިސްތައް ޗާޖުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޒިންމާގެ ފެންވަރު ޓެސްޓުކުރުމަށް" އޭނާ ވިދާޅުވި އެވެ. އަދި ޑިވައިސްތައް ބޭނުން ނުކުރާއިރު ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް ދަސްކޮށްދޭށެވެ.
އޯ’ބަރން ވިދާޅުވާ ގޮތުގައި ކުދިން ފޯނު ބޭނުން ކުރުމަށް ބޭނުންވާއިރު އެކުދިންގެ ކިބައިގައިވާ ކޮންމެސް މިންވަރެއްގެ ޒިންމާދާރުކަމެއް ފެންނަންވާނެއެވެ. ޑިވައިސްއެއް ރަނގަޅަށް ބެލެހެއްޓުމަށާއި ޗާޖުކޮށްފައި ބަހައްޓާނެކަމުގެ އިތުބާރު ނުކުރެވޭނަމަ، ފޯނު ގެންގުޅުމުގެ ޒިންމާ އަދާކުރުމަށް އިތުބާރު ނުކުރެވޭނެ ކަމަށް ބެލެވެ އެވެ.
"ފޯނަކީ ހަމައެކަނި ކުޅޭ އެއްޗެއް ނޫން ކަމަށާއި އެއީ ގޭޓް-ގޯ އިން ފެށިގެން ޒިންމާއެއްކަން އެމީހުންނަށް އެނގޭނެ ގޮތް ހެދުމުން ފޯނަކީ މުހިއްމު އެއްޗެއްގެ ގޮތުގައި އެކުދިން ބެލުމުގެ ފުރުސަތު ބޮޑު،" އޯބަރން ބުންޏެވެ.
ފޯނަށް ޑައުންލޯޑް ކުރެވޭ ބެލެނިވެރިންގެ ކޮންޓްރޯލްގެ ސޭފްޓީ ގިނަ އޮޕްޝަންތަކެއް އެބަހުއްޓެވެ. އެގޮތުން ބާކް އަކީ މަގުބޫލު އެއްޗެއް ކަމަށާއި އައިފޯނުގެ އޮޕަރޭޓިން ސިސްޓަމްގައި މިހާރު ވެސް ބެލެނިވެރިންގެ ކޮންޓްރޯލްތައް އިންޓަގްރޭޓްކޮށްފައިވާ ކަމަށް އޯބަރން ވަނީ ބުނެފައެވެ. ނަމަވެސް ބެލެނިވެރިން ސަމާލްވެ ތިބެންވީ މިއަދުގެ ކުދިންނަކީ ސްމާޓް ކުދިން ކަމަށާއި ގިނަ ފަހަރަށް މައިންބަފައިންނަށް ވުރެ ޓެކް ސޭވީ ކުދިން ކަމަށެވެ. މި ކޮންޓްރޯލްތައް ފޮރުވައިގެން އުޅޭއިރު ކުދިން އަބަދުވެސް ދަނީ ރައްޓެހިންނާ އެކު ސިސްޓަމް އަށް އޮޅުވާލާނެ ގޮތްތައް ދިރާސާ ކުރަުންނެވެ.
އޯ’ބަރން އާއި ލިޕްކިން ވެސް ލަފާދެނީ ސެލްފޯން ބޭނުންކުރުމާ ގުޅޭ ގޮތުން ސާފު އަދި ތަންފީޒު ކުރެވޭ އުސޫލުތަކެއް ބެލެނިވެރިން ކަނޑައެޅުމަށެވެ. އެހެންކަމުން ކުދިން ފޯނު ބޭނުންކުރުމުގައި ބައުންޑަރީސްތައް ފެންނަން ހުރުމުން ކުޑަކުދިން ފޯނު ރަނގަޅުގޮތުގައި ބޭނުންކުރުމަށް މަގުދައްކައިދެވޭނެ ކަމަށެވެ.
އޯ’ބަރން ބުނެފައިވަނީ ހުރިހާ ފޯނާއި ޑިވައިސްތައް ރޭގަނޑު ނިދާކޮޓަރިތަކުން ބޭރުގައި ބެހެއްޓުމަށް އިސްކަންދިނުމަށެވެ. ކުޑަކުއްޖެއްގެ ކޮޓަރީގެ ބަންދު ދޮރެއްގެ ފަހަތުގައި އެމީހުން އަމިއްލައަށް ފޯނު ބޭނުންކުރަން ދޫކޮށްލުމަކީ ހެދޭ ވަރަށް ބޮޑުގޯހެކެވެ.
ފެމިލީ ޗާޖިން ޑޮކަކީ ޒިންމާދާރުގޮތުގައި ކުދިން ފޯނު ބޭނުންކުރަން ބާރުއެޅުމަށް ކުރެވޭ ސްމާޓް އިންވެސްޓްމަންޓެކެވެ. އާއިލާގެ ހުރިހާ މެން ބަރުންގެ ޑިވައިސްތަކެއް އެއްތަނެއްގައި ޗާޖުކުރުމުން ފޯނު ބޭނުންކުރުމުގައި އެކުލެވިގެންވާ ސިއްރު ނައްތާލެވޭއިރު، ކުޑަކުދިންނަށް ޑިވައިސްތަކަށް އަޅާލުމުގައި ތިމާ ނަގާ ޒިންމާ ނަކަލު ކުރުމަށް ދަސްވާނެއެވެ. ޖުމްލަކޮށް ބަލާއިރު، ދަރިފުޅުގެ ޑިވައިސްތައް ފާޅުކަން ބޮޑު ގޮތެއްގައި ބޭރުގައި ބޭނުންކުރަން ދަސްކޮށްދިނުމުން، ދަރިފުޅުގެ ޒިންމާގެ ފެންވަރު ކިޔަވައިދިނުމާއި، މެނޭޖްކުރުމާއި، މޮނިޓަރ ކުރުމަށް ފަސޭހަވެއެވެ.
ޔުނިވާސިޓީ އޮފް ސަދަން ކެލިފޯނިއާގެ ސައިކޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ޔޫއެސްސީ ސެންޓަރ ފޯ ދަ ޗޭންޖިން ފެމިލީގެ ޑިރެކްޓަރު ޑާބީ ސެކްސްބޭ ބުނެފައިވަނީ ޑިވައިސް ބޭނުންކުރުމުގެ އާއިލީ އުސޫލަކީ ސްކްރީންތަކަކީ ސިއްރިޔާތުގަ ބޭނުންކުރެވޭ އެއްޗަކަށް ކުދިން ނަހަދާ އަދި ރަނގަޅު މަގުސަދެއް އޮންނަ ގޮތުގައި ބޭނުންކުރެވޭ ސްކްރީންތަކަކަށް ވާންޖެހޭނެ ކަން އެކުދިންނަށް އަންގައިދިނުމަށް ބުނެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން