ތިމާގެ ދިރިއުޅުމުގައި ކަންކަމާއިއޮންނަ ގުޅުންތަކާއި، މީހުންނާ އޮންނަ ގުޅުމާއި، ކާނާއާ އޮންނަ ގުޅުމާއި، ފިޓްނަސްއާ އޮންނަ ގުޅުން ފަދަ ގުޅުންތަކާ މެދު ވަރަށް ބޮޑަށް ވިސްނާނެ ކަމަށް ބެލެވެ އެވެ. އެކަމަކު “ގުޅުން” މި ލަފުޒު އަޑު އިވުމުން ފައިސާއާ މެދު އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން މާ ބޮޑަށް ނުވިސްނަފާނެއެވެ.

ނަމަވެސް ގިނަ ބަޔަކާ ފައިސާއާ އޮންނަނީ ނުރަނގަޅު ގުޅުމެއް ކަމަށް ބުނުމަކީ ގޯހަކަށް ނުވާނެއެވެ. މިއީ ކްރެޑިޓް ކާޑުގެ ދަރަނި އޮތްއަދަދުނޭގުން ނުވަތަ މުސާރައިގެ އަގު ވަޒަންނުވުން ފަދަ އާދައިގެ ކަންތައްތަކެއްގެ ގޮތުގައި ފެނިދާނެ ކަމެކެވެ.

އަސާސީ ބޭނުންތައް ފުއްދައިދޭވަރަށް ފައިސާ ނުލިބިއްޖެނަމަ އޭގެ މާނައަކީ ފައިސާއާ ގުޅުން ގޯސްވުމެއް ނޫނެވެ.

ނަމަވެސް އަތުގަހުރި ފައިސާގެ ބެލެންސް ޗެކް ނުކުރުމަކީ ފައިސާއާ ހުރި ނުރަނގަޅު ގުޅުމެއްގެ ނިޝާނަކަށް ވެދާނެ އެވެ.

އެވޮއިޑެންސް އަކީ ފައިނޭންޝަލް ތެރަޕީގެ ތެރޭގައި ވެސް ކޮޕީންގ މެކޭނިޒަމެކެވެ. އިވާންސް ވިދާޅުވާ ގޮތުގައި ފައިސާގެ އާދަތަކާ ކުރިމަތިލާން ދުރުހެލިވުމަށްބޭނުންވާ ނަމަ - ދަރަންޏަށް އަޅާނުލުން ނުވަތަ ބޭންކް ބެލެންސް ޗެކް ނުކުރުން ފަދަކަންތައްތަކުން - ދައްކަނީ ފައިސާއާ މެދުއޮންނަ ނުރަނގަޅު ސުލޫކުތަކެކެވެ.

ފައިސާއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު މާލީ ހާލަތު އެހެންމީހުންގެ މާލީހާލަތާއި އަޅާކިޔުމަކީ ގެއްލުން ހުރި ކަމެއް ކަމަށް ފައިނޭންޝަލް އެޑްވައިޒަރ އިވާންސް ބުނެއެވެ. އެގޮތަށް އަޅާކިއުމަކީ އެކަމާ މެދު އަދި އަމިއްލަ ހާލަތާ މެދު މާޔޫސްކަން އިހުސާސް ކުރުވާ ކަމެކެވެ. 

އެހެންކަމުން، ރައްޓެއްސެއްގެ މުސާރަ ބޮޑުވުމުން ހިތާމަ ކުރަމުންދާނަމަ ނުވަތަ މާލީ ހާލަތުގެ ސަބަބުން ތިމާ އެހާ ޝަރަފުވެރި ނޫން ކަމުގެ އިހުސާސް ހިނގާނަމަ، އެގޮތަށް ހީވަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހެއެވެ.

ފައިސާގެ ސަބަބުން [ނުވަތަ] މުސާރައިގެ ސަބަބުން ތިމާއަކީ މާ ޝަރަފުވެރި މީހެއް ނޫންކަމަށް ހީވާނަމަ، ތިމާގެ ވިސްނުން ރަނގަޅުކުރަން ޖެހެއެވެ.

ހަދިޔާ ބަލައިނުގަނެވުމަކީ ވެސް ފައިސާއާ ގުޅުން ދަށްވުމުގެ ނިޝާނެކެވެ.

މީހަކު ދޭ ހަދިޔާއެއް ނުވަތަ ކެއުމެއް ފަދަ ކުދިކުދި ޓޯކަންތައް ގަބޫލު ނުކުރެވޭ ނަމަ... އެއީ އަމިއްލަ ނަފްސުގެ ނާގާބިލް ކަމަށް ހިތަށްއަރާނަަމަ އެކަމަކީ ފައިސާއާ އޮންނަ ގުޅުން ގޯސް ވުމުގެ ނިޝާނެކެވެ.

މި ސުލޫކު ހުންނަ މީހަކަށް އޭނާއަށް އަމިއްލައަށް ލިބިފައި ނުވާ އެއްޗެއް އެހެންމީހަކު ދިނުމުން އަމިއްލަ ނަފްސާއިމެދު ޝަރަފުވެރި ނުވާ ކަމަށް ހީވެދާނެއެވެ. އެހެންކަމުން އެކުގައި މަސައްކަތްކުރާ މީހަކު ދިއްކޮށްލާ ކޮފީއަށް އާނއެކޭ ބުނަން އުނދަގޫވާނަމަ ސަމާލުކަން ދޭށެވެ.

ހުރިހާ އެއްޗެއް ހޯދަން ޖެހޭނީ އަމިއްލަ ހަރަދުގައި ކަން ގަބޫލްކުރެވޭނަމަ، އެއީ ފައިސާއާ އޮންނަ ގޯސް ގުޅުމެކެވެ.

ފައިސާއަކީ ދިރިހުރުމުގެ ޒަރޫރީ އެއްޗެއްގެ އިތުރުން އެއީ އަހަރެމެންގެ ޖަޒުބާތީ ސިކުނޑިއާ ގުޅިފައިވާ އެއްޗެކެވެ. އަތުގައި ފައިސާ ނެތިއްޖެނަަމަ އެތައް އިހުސާސްތަކެއް ގެނުވައި މީހާ ގެ ދިރިއުޅުން ބަދަލު ކޮށްލައެވެ. އެހެންކަމުން ފައިސާއާ އޮންނަ ގުޅުން ރަނގަޅުކުރިން މުހިންމެވެ.

ފައިސާއާ ގުޅުން ހުރި ކަންކަމުގައި ސިއްހަތަށް ނުރަނގަޅު އަސަރުކޮށް އުނދަގޫތަކެއް ކުރިމަތިވާ ނަމަ އަދި މިކަމުގެ އެހެން، ދިގުދެމިގެންދާ ސްޓްރެސް، މޫޑީނެސް ފަދަ ނަފްސާނީ އުދަގޫ ވާނަަ ސަޕޯޓް ހޯދުމަށް ތެރަޕިސްޓަކާ ގުޅާ އެކަމާ މެދު ތިމާގެ އިހުސާސްތައް ރަނގަޅު ކުރެވިދާނެއެވެ.